ފަރެސްމާތޮޑާގަައި ސަލަފުން ބާއްވަން އުޅުނު އިވެންޓަށް ހުރަސް އަޅައިފި

ފަރެސްމާތޮޑާގަައި ސަލަފުން ބާއްވަން އުޅުނު އިވެންޓަށް ހުރަސް އަޅައިފި

Author
މުޙައްމަދު ޝަޒައިމް
10 ޖޫން 2022 04:37
0

ޖަމިއްޔަތުއް ސަލަފްގެ ފަރާތުން ގދ. ފަރެސްމާތޮޑާގައި މިރޭ ބޭއްވުމަށް ހަމަޖާއްސާފައި އޮތް "އަލީ ރަމީޒާއެކު" އިވެންޓް ބޭއްވުމަށް އެ ރަށު ސުކޫލު ހޯލު ދޫކުރެވެން ނެތް ކަމަށް އަންގައި އެ އިވެންޓަށް ހުރަސް އަޅައިފިއެވެ.

މި އިވެންޓް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިޔައީ ފަރެސްމާތޮޑާ ކައުންސިލާއި އެ ރަށުގެ އަންހެނުން ކުރިއަރާ ކޮމެޓީ ގުޅިގެންނެވެ. "އަލީ ރަމީޒާއެކު" އިވެންޓް ބޭއްވުމަށް އެ ރަށު ސުކޫލު ހޯލު ދޫކުރެވެން ނެތް ކަމަށް އަންގާ އެ އިވެންޓަށް ހުރަސް އެޅުމާއި ގުޅިގެން ކައުންސިލާއި ޑަބްލިއުޑީސީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސަލަފު ޖަމިއްޔާއިން ކޮންމެ ހަފްތާއަކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަރުސްތަކާއި ދީނީ އިވެންޓްތައް ކުރިއަށް ގެންދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްލި ގޮތަކަށް ސްކޫލު ހޯލް ދެވެން ނެތްކަމަށް އެންގީ އެއީ ސުކޫލު ކަލަންޑަރުގައި ނެތް އިވެންޓެއް ކަމަށް ބުނެއެވެ. މިކަމާ ގުޅިގެން އެރަށު ކައުންސިލްގެ ބަހެއް ލިބިފައި ނުވާއިރު، ސަލަފުގެ ރައީސް ޝައިޚު އިބްރާހިމްވެސް ވަނީ އެ އިވެންޓު ބޭއްވުމަށް ހުރަސް އެޅުވާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޝައިހް އިބްރާހިމް ވިދާޅުވީ ލާމަރުކަޒީ ލޭބަލްގައި ހިންގަމުންދާ އެމްޑީޕީގެ ކޯލިޝަން ސަރުކާރުގެ ސިސްޓަމް ގެތެރެއިން ސަލަފުގެ ފަރާތުން ގދ. ފަރެސްމާތޮޑާ ކައުންސިލާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ބޭއްވިޔަ ނުދީ ހުއްޓުވާފައިވާ ކަމަށެވެ.

"އަލީ ރަމީޒާއެކު" ސިލްސިލާ ޕްރަގްރާމްތަކަކީ އޭނާއަށް ހިދާޔަތުގެ އަލިކަން ލިބުނު ގޮތާއި ކުރީން އޮތް ބޮޑު މަޝްހޫރު ކަމުގައި ދިރިއުޅުން ހޭދަކުރި ގޮތް އާންމުންނާއި ހިއްސާކުރުމަށް ބާއްވާ ޕްރަގްރާމްތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢިސީ
ޜަނގަޅު
އ އަދުރޭ
ސަލަފުން ވަގުތު އޮއްވާ ހުއްދަހޯދަންޖެހޭނެ އެހެންނޫނީ މައްސަލަތައްވެސް ދިމާވާނެ ސުކޫލުތަކާ ކޯޓް ތަކަކީ ސަރުކާރުގެ މުއައްސަސާތައް އެއީ ކައުންސިލުގެ ދަށުގާވާ ތަންތަނެއްނޫން މިސްކިތުގާ ދަރުސް ދެއްވަންވީނޫންތޯ މާފަސޭހައިން ހުއްދަލިބޭނެ ތިއުޅުއްވަނީ ސިޔާސީ ކަމަކައް ހައްދަވަން ހެން ވަރައްހީވެ
ޢ ޢަބުދުﷲމާހިރު
ޥަރަށް ވެފަ، ބުނާނެ ލާދީނީ ސަރުކަާރެކޭ ނުކިޔާށޭ! ފެންނަނީ އިސްލާމް ދީނާއި ހަތުރު މިފަދަ ބީރައްޓެހި މަންޒަރު! މި ކިޔަނީ ސަލާމަތް ވާށޭ! ޤިޔާމަތް ދުވަހަކީ ކަށަވަރުން އަންނާނެ ބިރު ބޮޑު ޔަޤިީން ދުވަހެކޭ ވިއްޔަ! ވަކި މީހަކަށް ވޯޓް ނުދޭން ބުނަނީކީ ނޫން ވިއްޔަ! ޙަމަލާދީނީ ކަން ބޮޑީ!