އެމްއާރުއެމްގެ ގިނަ އަދަދެއްގެ ފޯމުތައް އީސީން ޕްރޮސަސް ނުކުރާތީ ކަންބޮޑުވުން!

އެމްއާރުއެމްގެ ގިނަ އަދަދެއްގެ ފޯމުތައް އީސީން ޕްރޮސަސް ނުކުރާތީ ކަންބޮޑުވުން!

Author
މުޙައްމަދު ޝަޒައިމް
02 ޖޫން 2022 06:54
0

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް)ގެ ގިނަ އަދަދެއްގެ ފޯމުތައް އިލެކްޝަން ކޮމިޝަންގައި ޕްރިސަސް ނުވެ ހުރުމުން، އެޕާޓީން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްއާރުއެމްއިން މިފަދަ ކަންބޮޑުވުމެއް ފާޅުކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް މިމަހުގެ 14ގެ ފަހުން އުވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވުމާއި ގުޅިގެންނެވެ.

އެމްއާރުއެމްއިން ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި އެމް.އާރް.އެމް އިން ކުރެވުނު ބުރަ މަސައްކަތާއެކު ޖުމްލަ 1407 ފޯމު އިލެކްޝަންސް ކޮމިޝަނަށް ވާނީ ހުށަހަޅައިފައި ވާނެކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު 225 ފޯމާއި އޭގެ ކުރީ ހަފްތާގެ ބުރާސްފަތި ދުވަހު ވެސް 103 ފޯމު ހުށަހަޅާފައިވާނެއެވެ. އަދި މިއަދު ވެސް 123 ފޯމު ހުށަހަޅާފައިވާނެކަމަށެވެ. އެމްއާރުއެމްއިން ބުނެފައިވަނީ އެޕާޓީން އިލެކްޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 1297 ފޯމު އަދިވެސް ޕޮރޮސެސް ނުކުރެވި ހުރިކަމަށެވެ.

ސޔާސީ ޕާޓީއެއްގައި މަދުވެގެން 3،000 މެންބަރުން ހަމަވާން ޖެހޭއިރު، އީސީއިން ކުރި އިއުލާނުގެ ފަހުން މިއަހަރުގެ މާރޗް 27 ވަނަ ދުވަހާއި ހަމައަށް ޖުމްލަ 700 އަށްވުރެ ގިނަ ފޯމު އިލެކްޝަނަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެދުވަހު ވެއްދި ފޯމުތަކުން އެކަނިވެސް އިލެކްޝަންގައި ބުނާ އަދަދަށް މެމްބަރުން އެޕާޓީގައި ހަމަވާނެކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.

އެޕާޓީން ވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ކުރިން ފޯމުތައް ޕްރޮސަސްކޮށް، ދަފްތަރު އަޕްޑޭޓް ކޮށް ދެއްވުމަށް އިލެކްޝަން ކޮމިޝަންގައި އެދިފައެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތީން 3000 މެންބަރުންގެ ސޮއެއާއިއެކުގައި ރެޖިސްޓްރީ ކުރި ނަމަވެސް އެކި ސަބަބުތަކާއި ހުރެ ޕާޓީން މެންބަރުން ވަކިވުމާއި ގުޅިގެން 4 ޕާޓީއެއްގެ މެންބަރުންގެ އަދަދު 3000 އަށް ވުރެ ދަށް ވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ނޯޓިސް ފޮނުވާފައެވެ. ކޮމިޝަނުން ވަނީ މިމަހުގެ 14ގެ ކުރިން 3000 މީހުން ހަަމަކުރުމަށް އެޕާޓީތަކަށް ނޯޓިސް ފޮނުވާފައެވެ.

ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ނޯޓިސް ފޮނުވާފައިވަނީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އެއްޕާޓީ ޑީއާރުޕީ އާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.