އިންޑިއާ ސިފައިންނަށް މިޤައުމުގައި ނުތިބެވޭނެ: އަލީ ރަމީޒު

އިންޑިއާ ސިފައިންނަށް މިޤައުމުގައި ނުތިބެވޭނެ: އަލީ ރަމީޒު

Author
މުޙައްމަދު ޝަޒައިމް
26 މެއި 2022 05:26
0

މިފަސް ގަނޑުގައި އިންޑިއާގެ ސިފައިންނަށް ނުތިބެވޭނެ ކަމުގައި ސަލަފްގެ އިސް މެމްބަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ޢަލީ ރަމީޒު މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތާއި ދެކޮޅަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން "ބާކީ ނުވޭ" ކެމްޕެއިނެއް ފެށުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މިކަމަށް އަމާޒުވެފައި ވަނިކޮށެވެ.

ރާއްޖޭގައި އެއްވެސް ޤައުމެއްގެ އަސްކަރީ ސިފައިން ތިބުމާއި އަބަދުވެސް ދެކޮޅު ހައްދަވާ އަލީ ރަމީޒު މިއަދު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަށް މިޤައުމުގައި ނުތިބެވޭނެކަމަށެވެ. އަދި އަޅުވެތި ކަމަކަށް ރުހެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށެެވެ.

އިންޑިއާ ސިފައިންނަށް މިޤައުމުގައި ނުތިބެވޭނެ. އަޅުވެތިކަމަކަށް ނުރުހެވޭނެ. އިންޑިއާ އައުޓް.

– އަލީ ރަމީޒު ކުރި ޓުވީޓުގައި ވެއެވެ.

ސަރުކާރު ހިންގާ އެމްޑީޕީން ހިންގާ މިކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. މިކެމްޕެއިންގައި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކާއި އަދި ސަރުކާރުގެ ސިޔާސީ މުވައްޒަފުން މީސް މީޑިއާގައި ކެމްޕޭނެއް ފަށައިފައެވެ. އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ވަނީ މިކެމްޕޭންގައި ބައިވެރިވާން ފަށާފައެވެ.

އެ މަނިކުފާނު ވިދާޅުވީ، ސިޔާސީ ވެރިން ސިޔާސީ ބޭނުމަށްޓަކައި ދިވެހިން ބާކީވެ، ނިކަމެތި ނުކުރުމަށް ސިޔާސީ އެންމެން ވިސްނަން ޖެހޭނެ ކަމަށެވެ. "އިންޑިއާ އާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫން ކަން ސާބިތު ވަނީ ބައިވެރިވާ މީހުން މަދުކަމުން #ބާކީނުވޭ،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް އިސްވެ އޮވެ ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް ސޯލިހް ވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. އެގަރާރު ނެރުއްވި ފަހުން އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ބެނާއެއް ދެމުން ވެސް ވަނީ ޖިނާއީ ކުށަކަށް ހަދާފައެވެ. ފުލުހުން ގެންދަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ހަރުކުރާ ބެނާތަކާއި ދިދަތައް ވެސް ނަގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާަްމުދައްބިރު-ޢައްދައުލާ
ޢަލީ ރަމީޒަކީ ކުޑަތާ ދަންނަ ބޭކަލެއްތަ؟ ޜާއްޖޭގައި ތިއްބެވި ބޮޑެތި ޢިލްމު ވެރިންނަށް ފުރައްސާރަ ކުރަމުން ސަރުކާރަށް ހަޖޫ ޖަހަމުން މިއޮށް ތެޅެނީ. މީ ކޮންތާކުން ކިޔެވި މީހެއްތަ؟ ޒަބީދުން ކިޔެވި މީހެއްބާ މީ؟؟؟؟؟

ދ ދިވެހި ރައްޔިތުން
އިންޑިޔާ އަދި އެހެން ގައުމުގެ ސިފައިންނަށް ސަރުކާރުގެ ބޭނުމަށް މި.ގައުމުގާ ތިބެވޭނެ. ކޮންތާކުން ފަލްސަފާ ކިޔަވައި އެނގިގެން އައިސް ތިބި ބައެއްތަ މި އުޅެނީ.
އ އަހްމަދު
ތޯލިބާނުން އެވަނީ ދުނިޔޭގެ ސުޕަރ ޕަވަރު ކަމަށް ދައުވާކުރާ އެމެރިކާ 20 ޢަހަރަށް ފަހު ނިކަމެތި ކަމާއެކު އެތަނުން ބާލާފައި.. އެކަން ކުރީ އެމީހުންގެ ފަގުޑީގެ ކަންގަނޑުން އެއްވެސް ތަންކޮޅެއް ކަނޑާނުލައި... އަންނިގެ ވެރިކަމުގައި ތޯލިބާނުން ރަސްމީ ހައިސިއްޔަތުގައި ހަމަ އެފަގުޑީގައި ވަނީ ރާއްޖޭގައި ބައްދަލުވުންތައް ބާއްވާފައި... ޤައުމުތަކަށް އަސްކަރީ ބާރު ފޯރުވާ އެމެރިކާ ފިކުރަށް ދުނިޔޭގައި ޖާގައެއް ނެތް! ތޯލިބާނުން ގެ ދީނީ ވިސްނުމާ މެދު ގޮތް ނިންމާނީ ދީނީ ޢިލްނުވެރިން. އެއީ އެމެރިކާ މީހުން ނިންމަން ޖެހޭ ކަމެއް ނޫން
އ އަދުރޭ
އެއްވެސް އުރުއްޕަތެއް ނެއް މީހަކު ދައްކާ ވާހަކަ ގަބޫލެއް ނުކުރެވޭނެ ފަގުޑީގެ ކަންގަޑު ބިމުގާޖެހުނަސް ކޮންމެމީހަކީ ލަވަކިއުއްވާ މުފައްކިރަކައް ނުވެދާނެ
މ މަށެއް ރަމީޒު އަކާ ޒާތީއެއް ނުވަން. މީ ހަގީގަތަކީ
އަލީ ރަމީޒުގެ ގޭގައި މިޔުޒިކް ކުޅެވޭނެ، އެހެން އެޕާރޓްމަންޓް ތަކައް އުނދަގޫ ވާވަށް. އެ މިޔުޒިކް ކުޅޭ މީހުންނާއެކު ގޭގެ ޓެރަހައް އަރާ އެންމެން އެއްތަށި މަތިން ކެވޭނެ ރަމީޒު އަށް. ސޯސަަލް މީޑިއާގަ މޮޅު ޕޯސްޓް ޖަހާލާ ނޫސްތަކުގެ ފަލަ ސުރުހީއައް އެރުވުން ބޭނުމަކީ.
ާ ާަްމުދައްބިރު-ޢައްދައުލާ
މީ ކާކު؟؟؟
ފ ފަގުޑި
ތާލިބާނުންގެ އޭޖެންޓުންނާއި އެ މީހުންގެ ފިކުރު ޕްރޮމޯޓް ކުރާމީހުންނަށް މި ގައުމުގަ ތިބެވޭނެތޯ؟ ދިވެހިން ތިބީ އެމަގަށް ދީއްލާލަންތޯ
H Hisaan Loabi
ތަލިބާނުން މި ތާތިބޭނި. ޢިމްޑިއާ މީހުންނަށް މި ތާ ނުތިބެވޭވެ. އަދި އަންނިވެަސް މި ޤައުމުން ބާލާނަން