މަތިންދާބޯޓުގެ ބައިތަކެއް އދ.އަތޮޅު ހަންޏާމީދޫ ކައިރި ފަޅުރަށަކުންވެސް ފެނިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން ހަންޏާމީދޫ ކައިރީގައި އޮންނަ އަލިކޮއިރަށް ކިޔާ ފަޅުރަށަކުން މަތިންދާބޯޓުގެ ބައިތަކެއް ފެނިފައިވާކަމަށާއި، އެބައިތައް ފެނިފައިވަނީ މިދޔަ މަހުގެ 30 ގައިކަމަށެވެ. މިބައިތައް ފެނިފައިވާނީ އެރަށަށް ދަތުރުގޮސް އުޅުނު ބަޔަކަށެވެ. އެއިރު އެތަކެތި ފެނުނުނަމަވެސް އެކަން މިއަދު ހާމަކޮށްފައިވަނީ އިއްޔެ ދ.މީދޫ ކައިރިންވެސް މަތިންދާބޯޓުގެ ފިޔަގަނޑެއް ފެނިގެން އެވާހަކަތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވާން ފެށުމުންނެވެ.

ވެއްޓިފައިވާ މަތިންދާބޯޓުގެ ބައިތައް ފެނުނު ބައެއް މީހުން ބުނާގޮތުގައި ރާއްޖެއިން ފެނުނު އެބައިތަކަކީ މޫދަށް ވެއްޓިފައިވާ މިލިޓަރީ ޑްރޯނެއްގެ ބައިތަކެއް ކަމަށް ބެލެވޭކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަތިންދާ ބޯޓުގެ ބައިތަކެއް ފެންނަންފެށުމާއެކު މިހާރު އެކަންވަނީ ސަލާމަތީ ބާރުތަކުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.
ކޮމެންޓު ފޮނުވާ