ދިގުރަށުގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި

ދިގުރަށުގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޖިމީ
17 މެއި 2022 08:45
0

އދ. ދިގުރަށުގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިގުރަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 300 މީހުންގެ ޖާގައިގެ ކުރެހުމެއް

300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ 7,313,778.56 ( ހަތްމިލިޔަން، ތިއްލައްކަ ތޭރަހާސް ހަތްސަތޭކަ ހަތްދިހަ އަށް ރުފިޔާ ފަންސާސް ހަ ލާރި) އަށެވެ.

މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ 6 ފެބްރުއަރީ 2022ގައެވެ. 365 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫޢުގެ އެންމެ ފަހު ތާރީޚަކީ 28 އޭޕްރީލް 2023 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.