ބްރިޓްނީއަށް ބޮޑު ހިތާމައެއް

ބްރިޓްނީއަށް ބޮޑު ހިތާމައެއް

Author
ފާތިމަތު ނާވީ
17 މެއި 2022 02:49
0

ދަރިއަކު ލިބޭތީ އެކަމާ އުފަލުން ހުރި އެމެރިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ ދަރިފުޅު ބައިގެން ހިނގައްޖެއެވެ.

މި ޚަބަރު އޭނާ ހިއްސާ ކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ. ބްރިޓްނީއާއި އޭނާގެ ލޯބިވެރިޔާ ސޭމް އަސްގަރީ ބުނީ މިއީ ދެ މީހުންނަށް ވެސް ވަރަށް ހިތްދަތި ވަގުތެއް ކަމަށާއި ލިބެން އުޅުނު ދަރިފުޅު، ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ބީވެގެން ދިއުމަކީ ވަރަށް ފުން ހިތާމައެއް ކަމަށާއި ހިތް ހަލާކު ވެފައިވާ ކަމަށެވެ.

 

View this post on Instagram

 

A post shared by Britney Spears (@britneyspears)

ދަރިއަކު ލިބެން އުޅޭކަން ބްރިޓްނީ އިއުލާން ކުރީ މިދިއަ މަހުގެ ތެރޭގައިއެވެ. އަދި އޭނާ ހުރީ ވަރަށް އުފަލުންނެވެ. ބްރިޓްނީ ބުނިގޮތުގައި އަސްގަރީ އާއެކު ގިނަ ދަރިންތަކެއް ހޯދަން އޭނާ ބޭނުން ވެއެވެ.

40 އަހަރުގެ ބްރިޓްނީ އާއި 28 އަހަރުގެ އަސްގަރީ މިދިއަ އަހަރުގެ ސެޕްޓެމްބަރުގައި އެންގޭޖްވެފައިވާކަން އިއުލާން ކުރި އިރު މިއީ އެދެމީހުންގެ އަލަތު ދަރިފުޅެވެ. އަދި އެދެމީހުން ދިޔައީ ކައިވެންނަށްވެސް ތައްޔާރު ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.