ކެޓް ގްރެހަމް އެންގޭޖުވެއްޖެ

ކެޓް ގްރެހަމް އެންގޭޖުވެއްޖެ

Author
ފާތިމަތު ނާވީ
07 މެއި 2022 03:54
0

ސީޑަބްލިއުގެ މަޝްހުރު ސިލްސިލާ "ދަ ވެމްޕަޔާ ޑައިރީސް"ގެ ބޮނީ ބެނެޓްގެ ރޯލުން ބެލުންތެރިގެ މެދުގައި މަޝްހޫރު ކަން ހޯދާފައިވާ އެކްޓްރެސް ކެޓް ގްރެހަމް އެންގޭޖް ވެއްޖެއެވެ.

32 އަހަރުގެ ކެޓް އެންގޭޖް ވެފައިވަނީ ވެމްޕަޔާ ޑައިރީސް އޭނާ ކުޅުނުއިރު، އެ ޝޯގެ ޑައިރެކްޓަރު 52 އަހަރުގެ ޑެރެން ގެރެޓްއާއެވެ. ނަމަވެސް ދެމީހުން އެޝޯގައި އެކުގައި މަސައްކަތްކުރި ދުވަސްވަރު ޑޭޓްކޮށްފައި ނުވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މިކަން ސޯޝަލް މީޑިއާގައި ވަނީ އިއުލާން ކޮށްފައެވެ. ރިޕޯޓްތަށް ބުނާގޮތުގައި ކެޓް ވަނީ ޑެރެންގެ ލޯބީގައި މޮޔަވެފައެވެ.

މިއީ ކެޓް ގެ އަލަތު އެންގޭޖްމެންޓް އެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ އެކްޓަރު ކޮޓްރެލް ގެޑްރީއާ 2012 ވަނަ އަހަރު އެންގޭޖްވެފައެވެ. އެ އެންގޭޖްމެންޓް ރޫޅުނީ 2014 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.