ރިވެތި އިރުޝާދުދޭ ބޮޑެތި ބޯޑުތައް މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރުކުރަން ފަށައިފިއެވެ.
މިފަދަ ރިވެތި އިރުޝާދުދޭ ބޯޑުތައް ހެދުމަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ކުރުމަށް ނިންމާފައިވާ ކަމެކެވެ. މި ބޯޑުތަކުގެ ބޭނުމަކީ ރިވެތި އުސޫލުތައް އާންމު ރައްޔިތުންނަށް ކިޔައިދިނުމާއި ރިވެތި އުސޫލުތަކުން ކަންކަން ކުރުމަށް މީހުންނަށް ބާރުއެޅުމެވެ.
މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިވެތި އިރުޝާދު ދޭ ބޯޑުތަކުގެ ތެރެއިން ބޮޑެތި ބޯޑުތައް ހަރުކުރުމުގެ މަސައްކަތް މިއަދު ފެށިފައިވާ ކަމަށާއި މި ވަގުތަށް 10 ބޯޑު، މާލޭގެ އެކި ހިސާބުތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ބޯޑުތަކުގެ އިތުރުން، ކުރިން ފެށި ކުދި ބޯޑުތައް (ކުދި ބޯޑުގެ 100 ބޯޑު)، ހަރުކުރުން ކުރިއަށް ދާކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
ރިވެތި އިރުޝާދު ދޭ ބޯޑުތަކުގެ ތެރެއިން ބޮޑެތި ބޯޑުތައް ހަރުކުރުމުގެ މަސައްކަތް މިއަދު ވަނީ ފެށިފައި. މި ވަގުތަށް 10 ބޯޑު، މާލޭގެ އެކި ހިސާބުގައި ބެހެއްޓުމަށްވަނީ ހަމަޖެހިފައި. މި ބޯޑުތަކުގެ އިތުރުން، ކުރިން ފެށި ކުދި ބޯޑުތަައް (ކުދި ބޯޑުގެ 100 ބޯޑު)، ހަރުކުރުން ދަނީ ކުރިޔަށް pic.twitter.com/VhKV8cbcTU
— Dr Mohamed Muizzu (@MMuizzu) May 1, 2022
މާލެ ސިޓީ ކައުންސިލުން ރިވެތި އުސޫލުތަށް އަންގައިދޭ ބޯޑުތައް މާލެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ހަރުކުރުމުގެ މަސައްކަތް ފެށުމާއި އެކު، ދީނީ ޢިލްމުވެރިނާއި އާންމު ރައްޔިތުން އަންނަނީ ޝޯޝަލް މީޑިއާގައި މޭޔަރަށާއި ކައުންސިލަށް ތަޢުރީފުކުރަމުންނެވެ.
މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ސްޓްރެެޖިކް އެކްޝަން ޕްލޭންގެ ދަށުން މުޖްތަމަޢު އާއި ގުޅުންހުރި މިފަދަ ގިނަ ކަންކަން ކުރުމަށް ވަނީ ކަނޑައަޅާފައެވެ.