ޖޭލޯ ހަމަ އަސްލަށްވެސް ރީތީއޭ!

ޖޭލޯ ހަމަ އަސްލަށްވެސް ރީތީއޭ!

Author
ފާތިމަތު ނާވީ
30 އޭޕްރިލް 2022 09:23
0

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިއެއްގެ އިތުރުން ކާމިޔާބު އެކްޓްރެސް ޖެނިފާ ލޮޕޭޒް (ޖޭލޯ) އަކީ އަބަދުވެސް އޭނާގެ ރީތިކަމާއި ލޫޅާފަތި ކަމަށް މީޑިއާއިން ތައުރީފް އޮހޭ ތަރިއެކެވެ.

ޖޭލޯގެ އުމުރުން 52އަށް އަޅާފައި ވާއިރުވެސް އޭނާގެ މޫނުމަތިން އަދިވެސް ހީވަނީ ޒުވާނެއް ހެނެވެ. އެހާވެސް ހަންގަނޑު އޮމާން ވެފައި ޒުވާން ކަމަށް ދައްކައެވެ.

މިހެން ބުނުމުން ފާޑުކިޔުންތެރިންގެ އެންމެ ވަރުގަދަ ރައްދަކީ، މޭކަޕް ކޮށްފައި ހުންނައިރު އެންމެންވެސް ޒުވާންކަމަށް ދައްކާނެ ކަމަށެވެ.

އެކަމަކު، ޖޭލޯއަކީ ދޭތެރެދޭތެރެއިން މޭކަޕް ނުކޮށްހުރެ ނަގާ ސެލްފީ ވެސް މީސްމީޑިއާގައި ހިއްސާކުރަމުން އަންނަ ތަރިއެކެވެ. އޭގެތެރެއިން މި  ފޮޓޯއަކީ ވެސް ނިދާހޭލި ގޮތަށް، އެއްވެސް މޭކަޕަކާ ނުލައި އޭނާގެ ޤުދުރަތީ ރީތިކަން ހާމަވެގެންދާ ނިކަން ހިތްގައިމު ސެލްފީއެކެވެ.

 

View this post on Instagram

 

A post shared by Jennifer Lopez (@jlo)

ޖޭލޯގެ ހުނަރާ އެއްވަރަށް އޭނާގެ ރީތިކަން އަދިއަދަށް ވެސް ފެންނަން ހުރުމަކީ، އޭނާގެ ތަރި ފަނޑުވުމެއްނެތި ފިޔަޖަހަމުން ދިޔުމުގެ މައިގަނޑު ސަބަބުކަމަށް ބެލެވިދާނެއެވެ.

އެންމެ ފަހުން އޭނާ ފެނިގެން ދިޔަ ފިލްމަކީ މިއަހަރު ފެބްރުވަރީ މަހު ރިލީޒް ކުރި "މެރީ މީ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.