ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާގޮތަށް ހަމަޖައްސައިފި

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާގޮތަށް ހަމަޖައްސައިފި

Author
މުޙައްމަދު ޖިމީ
25 އޭޕްރިލް 2022 04:23
0

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސޓްރީން ބުނީ، މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައި،  ހުޅުމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސްޓޭޑިއަމް، އަދި ވިލިމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ވިލިމާލޭ ފުޓްބޯޅަ ދަނޑުގައިކަމަށެވެ. މިނިސްޓްރީން ވަނީ ކޮންމެ ބޭފުޅަކުވެސް ޢީދު ނަމާދަށް ވަޑައިގަންނަވާއިރު ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.

ސަމާލުކަން ދެއްވަންވީ ކަންތައްތަކުގެ ތެރޭގައި: 

  • ކޮންމެ ބޭފުޅަކުވެސް ގެއިން ވުޟޫކޮށްގެން އައުން
  • އަމިއްލަ މުސައްލައެއް ގެންނެވުން
  • އަމިއްލަ ފެންފުޅިއެއް ގެންނެވުން
  • ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެންނެވުން

މިއީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ބާއްވާ ފަހަރެވެ. ބޮޑު ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ ކޯވިޑާއި ގުޅިގެންނެވެ.

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައިކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.