ބްރިޓްނީ ބަނޑުބޮޑު؟

ބްރިޓްނީ ބަނޑުބޮޑު؟

Author
ފާތިމަތު ނާވީ
13 އޭޕްރިލް 2022 06:09
0

މަޝްހޫރު ލަވަކިއުންތެރިޔާ ބްރިޓްނީ ސްޕީއަސް ބަނޑުބޮޑުކަން އިއުލާންކޮށްފިއެވެ.

40 އަހަރުގެެ ލަވަކިއުންތެރިޔާ މިކަން އިއުލާން ކުރީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ. އޭނާ ބުނެފައިވަނީ ބަނޑުބޮޑު ވުމަކީ ތަފާތު އިހުސާސެއް ކަަމަށާއި އެއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިފަހަރު އުޅޭނީ ވަރަށް ބޮޑަށް ބަލައިގެން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by Britney Spears (@britneyspears)

2017 ވަނަ އަހަރުން ފެށިގެން މޮޑެލް އަދި ފިޓްނެސް ކޯޗް، ސޭމް އަސްގަރީ އާއި ބްރިޓްނީ އަންނަނީ ޑޭޓްކުރަމުންނެވެ. މިދިއަ އަހަރު 28 އަހަރުގެ ސޭމް އާއި ބްރިޓްނީ ވަނީ އެންގޭޖްވެސް ކޮށްފައެވެ. އަދި އޭރު ވަރަށް އަވަހަށް ކައިވެނި ކުރާނެކަމަށް އަޑު ފެތުރުން ނަމަވެސް ފަހުން އެވާހަކަތަކުގެ އަޑެއް ނީވެއެވެ.

ނަމަވެސް ބްރިޓްނީ ސޭމް އާއި މުހާތަބް ކުރަނީ ފިރިމީހާގެ ގޮތުގައެވެ. ދެ ފިރިހެން ދަރިންގެ މަންމަ ތިންވަނަ ދަރިއަކަށް ބަލިވެއިން އިރު މީއީ ސޭމްގެ އަލަތު ދަރިފުޅެވެ.

ސޭމް ވެސް ވަނީ ތަފާތު ފޮޓޯއަކުން އޭނާއަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފައެވެ. އަދި ބައްޕަ އަކަށް ވުމަކީ އަބަދުވެސް ވަރަށް ބޭނުން ވި ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Sam Asghari (@samasghari)

ސޭމް އަކީ ބްރިޓްނީއަށް ވުރެ 12 އަހަރު ހަގު މީހެކެވެ. އޭނާއަށް އަދި ވީ 28 އަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ahmed
ކައިވެނިން ބޭރުން ރަށްމެދަށް ބަލިވެއިނުމީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގަި ވީހިނދުުވެސް މި ކަންކަން ރީތިކުރުމަށް ތިކުރާ މަސައްކަތުގެ ނަތީޖާ އަކީ އިސްލާމީ މުޖުތަމަޢެއް ހަލާކު ވެގެން ދިޔުމެވެ. ނޫސްވެރިން ލިޔާ ތަކެއްޗާމެދު ވެސް ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެކަން ދަންނާށެވެ.
ދ ދޫނި
ބުރިތުނި ބަންޑުބޮޑިއްޔާ ދެން މަށައްކޮން ބަލާއެއް