ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ޖެނިފާ ލޮޕޭޒް އާއި ލޯބިވެރިޔާ ބެން އެފްލެކް އެންގޭޖް ވެއްޖެއެވެ.
ލަވަކިއުންތެރިޔާ ޖެނިފާ ލޮޕޭޒް އޭނާގެ އަމިއްލަ ވެބްސައިޓްގައި ޕޯސްޓްކުރި ކުރު ވީޑީއޯ ކޮޅެއްގައި އެކަން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި ޖޭލޯގެ ތަރުޖަމާނު ވެސް އެކަން ކަށަވަރުކޮށް ދީފައިވާ އިރު، ޖޭލޯވަނީ އެންމެ ގާތް މީހުންނާ އެންގޭޖްވި ވާހަކަ ހިއްސާކޮށްފައެވެ.
Major announcement!!!! https://t.co/G5oGxtX0z5 pic.twitter.com/HTIqbHMJ2M
— jlo ???? (@JLo) April 9, 2022
އުމުރުން 52 އަހަރުގެ ޖޭލޯއާއި 49 އަހަރުގެ ބެން 2004 ވަނަ އަހަރު ވެސް ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސްތަކަކު އުޅުމަށް ފަހު އެންގޭޖްވިއެވެ. ދެވަނަ ފަހަރަށް ދެމީހުން އަލުން ގުޅުނީ މިދިޔަ އަހަރުއެވެ.
ޖޭލޯ ވަނީ މީގެ ކުރިން ތިން ކައިވެންޏެއް ކޮށްފައެވެ. ޖެނިފާއަށް ދެކުދިން މިހާތަނަށް ލިބިފައި ވެއެވެ.