ޖަލުގައި ޤައިދީންނާއެކު ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ރޯދަ ވީއްލިކަމަށް ބުނާ ފޮޓޯއަކީ ހެޑްލައިން ހަދާލަން ކުރެއްވިކަމެއްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ފާޑުވިދާޅުވެއްޖެއެވެ.
މޮސްޓާ ފާޑުވިދާޅުވެފައި މިވަނީ، މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ މާފުށީ ޖަލުގައި ޤައިދީންނާއެކު ރޯދަ ވިއްލާ މަންޒަރު ފެންނަ ފޮޓޯއެއް ކަރެކްޝަނުން ޓްވީޓްކުރުމުންނެވެ.
މޮސްޓާ ވަނީ، ފޮޓޯއާއި ހެޑިން ހަދާލަން ރަނގަޅުކަމެއްކަމަށް ފާޑުވިދާޅުވެ، ދެރަ ނިކަމެތިން ކާން ޕުލާސްޓިކު ތަށި ބޮޑުން ކާން ސެރަމިކް މުށި ތަށިކަމަށް ވިދާޅުވެފައެވެ.
ކެއީ އަނެއްކާ މާލެއިން ރަނގަޅު ރެސްޓޯރެންޓް އަކުން ގެންގޮސްގެން ނޫންބާ
– މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ)
ފޮޓޯއާއި ހެޑިން ހަދާލަން ރަނގަޅުކަމެއް… އެކަމު ދެރަ ނިކަމެތިން ކާން ޕުލާސްޓިކު ތަށި ބޮޑުން ކާން ސެރަމިކް މުށި ތަށި … ކެއީ އަނެއްކާ މާލެއިން ރަނގަޅު ރެސްޓޯރެންޓް އަކުން ގެންގޮސްގެން ނޫންބާ… @ShimranAb pic.twitter.com/8y0xUGhvvs
— Mohamed Nasheed Abdulla ( MosTaaA ) (@MNA_MosTaaA) April 2, 2022
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނީ ޤައިދީންނާއެކު ރޯދަ ވީއްލުމުގައި ހޯމް މިނިސްޓަރުގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިކަމަށެވެ.
ހޯމް މިނިސްޓަރ އިމްރާން ފާހަގަވެފައިވަނީ ޖަލުގައި އޮންނެވުމަށްފަހު ނިކުމެވަޑައިގެން ހޯމް މިނިސްޓަކަށް ވަޑައިގެން ޖަލުތަކުގެ ހާލަތު ގާތުން ބައްލަވާ، ޤައިދީންނާވެސް ރަނގަޅު ގުޅުން ބާއްވާ ވަޒީރެއްގެ ގޮތުގައެވެ. މިގޮތުން ޖަލުތަކުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުކޮށް ޒަމާނީކުރެއްވުމުގައި މިނިސްޓަރުގެ އިސް ދައުރެއް ފެނިފައިވެއެވެ.
ރާއްޖޭގެ ޖަލުތަކަކީ ނެލްސަން މަންޑޭލާ ރޫލްސްއަށް ފުރިހަމައަށް ޢަމަލުކުރާ ތަނަކަށް ހެއްދެވުމަށްވެސް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.
މިނިސްޓަރ ވިދާލުވާގޮތުގައި ރާއްޖޭގެ ޖަލުތަކުގައި އަނިޔާވެރިކަމަށް މިހާރު އެއްވެސް ޖާގައެއް ނޯންނާނެކަމަށާއި، އެފަދަ ކަމެއް ހިނގައިފިނަމަ މިހާތަނަށް ފިޔަވަޅު އަޅާފައިވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ