ޤާނޫނުގައި ބުނާ އަދަދަށް އެމްއާރުއެމް އިން މެމްބަރުން ހަމަކޮށްފި

ޤާނޫނުގައި ބުނާ އަދަދަށް އެމްއާރުއެމް އިން މެމްބަރުން ހަމަކޮށްފި

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2022 10:39
0

ރައީސް މައުމޫން އިސްކޮށް ހުންވައިގެން އުފައްދާފައިވާ މައުމޫން ރިފޯމް މޫވްމަންޓުން ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަކޮށްފިއެވެ.

އެމްއާރުއެމްގެ ރަޖިސްޓްރާ ޝަހީދާ ވިދާޅުވީ އިއްޔެ އެމްއާރުއެމް އިން އިލެކްޝައަށް އިތުރު 250 ފޯމުވާނީ ހުށަހަޅާފައިވާކަމަށެވެ. މިހާތަނަށް ހުށަހެޅި ފޯމުތަކާއެކު، މިހާރު އީސީ ދަފްތަރުގައި 3،000 އަށްވުރެ ގިނަ މެންބަރުން ތިބޭނެކަމަށެވެ. އަދި ޕާޓީގެ ދަފްތަރުގައި 4،650 މެންބަރުން ހިމެނޭކަމަށެވެ. މިހަފުތާގައި އިތުރު ފޯމް ފޮނުވުމުގެ މަސައްކަތް ކުރަމުންދަކަމަށްވެސް ޝަހީދާ ވަނީ ވިދާޅުވެފައެވެ.

3،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ގާނޫނުގައި އޮންނަ ގޮތުގެ މަތިން ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފައެވެ. އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމާ ގުޅިގެން، ސިޔާސީ ޕާޓީގެ މެންބަރުންގެ ޢަދަދު 3،000 ހަމަނުވާ، 4 ޕާޓީއަކަށް، ޤާނޫނުގައިވާ ގޮތުގެމަތިން، 3 މަސްދުވަހުގެ ނޯޓިސް ދޭން އިލެކްޝަން ކޮމިޝަނުން ނިންމައިފައެވެ.

އިލެކްޝަންގެ ދަފްތަރުގައި 3،000 މީހުން ހަމަނުވާ ޕާޓީތައް:

– މޯލްޑިވްސް ރިފޯމް މޫވްމަންޓް (MRM) – 2302 މެމްބަރުން
– މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (MLSDP) – 2725 މެމްބަރުން
– މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (MTD) – 2489 މެމްބަރުން
– ދިވެހިރައްޔިތުންގެ ޕާޓީ (DRP) – 2280 މެމްބަރުން

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ހަމަކުރަން ނޯޓިސް ދިނުމަށް ނިންމާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބި 4 ސިޔާސީ ޕާޓީގެ ތެރެއިން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅި 2 ޕާޓީއަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.