މަޝްހޫރު ރިއަލިޓީ ސްޓަރ އަދި ބިޒްނަސްވުމަން ކައިލީ ޖެނާ އޭނާގެ ދެވަނަ ދަރިފުޅުގެ ނަން ބަދަލުކޮށްފިއެވެ.
ކައިލީ އަށް ދެވަނަ ދަރިއަކު ލިބިފައިވަނި މި އަހަރުގެ ފެބްރުވަރީ މަހުގެ 2 ވަނަ ދުވަހުއެވެ. މިއީ ކައިލީ އާއި ރެޕް ލަވަކިއުންތެރިޔާ ޓްރެވިސް ސްކޮޓްގެ ދެވަނަ ދަރިފުޅެވެ. މި ދެމީހުންގެ އަލަތު ދަރިފުޅު 4 އަހަރުގެ ސްޓޯމީ އަކީ އަންހެން ކުއްޖެކެވެ. ދެވަނައަށް ލިބުނީ ފިރިހެން ކުއްޖެކެވެ.
ދެވަނަ ދަރިފުޅަށް ކިޔާފައިވަނީ ވުލްފް ވެބްސްޓަރއެވެ. އިންސްޓަގްރާމް މެދުވެރިކޮށް ކައިލީ ބުނީ އޭނާގެ ދަރިފުޅުގެ ނަން ބަދަލު ކުރަން ނިންމީ އެ ނަމާއި މެދުގައި އޭނާ އެހާ ހިތްހަމަ ނުޖެހޭތީއެވެ.
މީގެ ކުރިން ކައިލީގެ ދަރިފުޅަށް ކިޔަނީ ވުލްފް ކަމަށް ޚަބަރުތަކުގައި ރިޕޯޓް ކުރުމާއި އެކުގައި ގިނަ ބަޔަކު ވަނީ ކައިލީ ގެ ދަރިފުޅަށް ޖަނަވާރަކަށް ކިޔާ ނަން ކިއުމުން އެކަމާއި ސުވާލު އުފައްދާފައެވެ.
އިންސްޓަގްރާމްގައި ކައިލީ ބުނީ އޭނާގެ ދަރިފުޅުގެ ނަން ބަދަލު ކޮށްފައިވާކަމަށާއި މިހާރު އެކުއްޖާގެ ނަމަކީ ވުލްފް ނޫން ކަމަށެވެ. ނަމަވެސް މިހާރު ކިޔަނީ ކޮން ނަމެއް ކަމެއް ކައިލީ ބުނެފައެއް ނުވެއެވެ.