ކޮނޑޭގައި ޢިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި

ކޮނޑޭގައި ޢިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
19 މާރޗް 2022 01:48
0

ގއ. ކޮނޑޭގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ މަސައްކަތް ފަށައިފިއެވެ.

ކޮނޑޭގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ. ގއ.ކޮނޑޭގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ޢިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކޮނޑޭގައި ޢިމާރާތްކުރާ މިސްކިތަކީ އެހެން މިސްކިތްތަކާއި ޚިލާފަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިސްކިތެއްކަމަށެވެ. އެގޮތުން ޢާއްމުގޮތެއްގައި ރާއްޖޭގެ މިސްކިތްތައް ފަރުމާކުރުމުގައި މިސްކިތުގެ އެތެރޭގައި ހުންނަ ތަނބުތައް މިމިސްކިތުގެ ފަރުމާގައި ނުހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އާބާދީގައި 600 މީހުން ދިރިއުޅޭ ކޮނޑޭގައި ތަރައްޤީކުރާ މިމިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމުމަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 7.6 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.