މެމްބަރު ޒަރީރަށް ގެވެށި އަނިޔާގެ ސީއަސް ތުހުމަތުތަކެއް

މެމްބަރު ޒަރީރަށް ގެވެށި އަނިޔާގެ ސީއަސް ތުހުމަތުތަކެއް

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2022 06:03
0

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ ކުރީގެ އަނބިކަނބަލުން އޭނާއަށްގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފިއެވެ.

ޒަރީރުގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަޒްރާ ފޭސްބުކުގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، 17 އަހަރުވީ ދިރިއުޅުމެއް ނިމިގެން ދާއިރު ވަރަށް ރީތި ދުވަސްތަކާއި ހުތުރު ދުވަސްތައް އަންނާނެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި އެއްވެސް މީހަކު އަނެކެއްގެ ދިރިއުޅުމަށް ދަތި ކުރަމުން ދިއުމަކީ ކިހާވަރެއްގެ ކަމެއްކަން ޒަރީރުއަށް ބުނެދޭން ޖެހޭ ހާލަތަށް ދިއުން އޭނާއަށް ވަނީ ބޮޑު 'ޖޯކް" އަކަށް ކަމަށް ބުނެފައި ވެއެވެ.

ޝަޒްރާ ވިދާޅުވީ ތިން ފަހަރަށް ވަރިކުރުމުންނާއި ޒަރީރުގެ ފަރާތުން ލިބުނު ގެވެށި އަނިޔާތަކަށް މައާފްކުރުމަށްފަހު އާ ދިރިއުޅުމެއް ފަށައިގެން މިވާހަކަތައް ހިއްސާކުރަންޖެހުނީ ޒަރީރުގެ ފަރާތުން ލިބޭ އުދަނގޫތައް ދުވަހުން ދުވަހަށް އިތުރުވުމުން ކަމަށެވެ.

އަބަދު ވެސް އެދުނީ މަނިކުފާނު ދިރިއުޅެފައި އަޅުގަނޑަށް ދިރިއުޅުނު ދޭށޭ. އެއްކޮށް އުޅުނު ދުވަސްތަކުގައި އާއިލާ މީހުން ކުރިމަތީ އާ ރައްޓެހިން ކުރިމަތީ މަނިކުފާނު ކުރަމުން ދިޔަ ވާބަލް އަދި ފިޒިކަލް އެބިއުސް (ރޭޕް، ޑޮމެސްޓިކް ވަޔަލެންސް) މިހުރިހާ ކަމަކަށް މާފް ކުރުމަށްފަހު، އަޅުގަނޑު ދިރިއުޅެން ފެށީ މިދުނިޔެ މިއީ ކުޑަ ކުޑަ ހިނދުކޮޅެއްގެ ތަނެއްކަން އެނގޭތީ.

– ޝަޒްރާ ބުންޏެވެ.

ޝަޒްރާ އިތުރަށް ވިދާޅުވީ އޭނާ އާ ދިރިއުޅުމެއް ފެށީ ރީތި ދިރިއުޅުމެއް ހޯދުމުގެ މަގުސަދުގައި ކަމަށާއި އެނބުރި ޒަރީރުގެ ހަޔާތަށް ދެން ނުދާނެ ކަމަށެވެ. ޒަރީރުގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވީ ޒަރީރުގެ އުދަގުލާ ހެދި ކަމަށާއި ދުނިޔޭގެ އިނގިލިތަކަށް ލަދުން އަދި ޒަރީރުގެ "ސިޔާސަކަން" ދެން އެއްގޮތަކަށްވެސް "ޓޮލަރޭޓް" ނުކުރާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ޝަޒްރާ ބުނީ، އޭނާގެ ކޮންމެ ދުއާއެއްގައި ޒަރީރު އޭނާގެ ދިރިއުޅުމަށް ނުލެއްވުން އެދި ވަރަށް ދުއާ ކުރާ ކަމަށާއި ޒަރީރު ކޮށްފައި ހުރި އަނިޔާއަށް ކެތްތެރިވެގެން ކުދިންނަށްޓަކައި ދިރިއުޅެމުން އައީ އޭނާއަށް ހެދުނު ގޯހަކުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ި ިއިނާ
ހޯހޯ.... ޒަރީރޫރޫރޫޫ ޝަޒްރާގެ ނަން ޖަހައިގެން ކޮމެންޓު ތިކުރަނީޔޯ އަމިއްލައަށް... ލަދެއްވެސް ނުގަނޭތަ އަޅެ
ޟ ޟަޒުރާ
މިއަދު ކުއްލިއަކައް ހުރިހާކަމެއް ގޯސްވެއްޖެ. ކަމަނާ ޒަރީރުއާއެއްކޮއް އުޅުނުދުވަސްތަކުގަ ކީއްވެތޯ ތިކަންކަން ފާހަގަނުކޮއްހުރީ.. ހަގީގަތަކީ ޒަރީރު ދެން ކަމަނާ އާ ގުޅުން ނުބާއްވާނެކަން ޔަގީންވި ހިސާބުން ގޮތްހުސްވީ.. ޒަރީރުއައް ގޮތްދައްކަން މީހަކާއިނުމުގެ ނިޔަތުގަ މީހަކާ އިނީމަ ނަފްސާނީގޮތުންވެސް ބަލިކަށި ވާނެ.. ކުރިއައް އޮތްތަނުގަވެސް ހެދޭނީ ހުސް ގޯސް.. އިނދެގެން ހުރިއިރު ކޮއްފަހުރި ކަންކަން ތި ކިޔަނީ.. ވަރިކޮއްފަ ހުރިއިރު ކުރި އުނދަގުލެއް ކީއްވެ ނުބުނެވުނީ.. ތީ ބޮޑު ޖޯކެއްނު..