ރައްޔިތުންގެ އުންމީދުކުރާ ފަދަ ވެރިކަމެއް ކުރެވޭނީ، ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާގޮތަށް ބަދަލު ގެނެސްގެން ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު އާންމު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ މިހާރު ރާއްޖޭގައި ވެރިކަން ކުރަމުންދާ ނިޒާމަކީ ހެޔޮވެރިކަމެއް ކުރުމަށް ފަސޭހަ ނިޒާމެއް ނޫންކަމަށެވެ.މިއަދު، މި ޤާނޫނު އަސާސީއަށް އަމަލު ކުރާތާ 13 އަހަރު ވެފައިވާއިރު، މީގައި ހުރި ބައެއް ކަންކަމާއި ގުޅޭ ގޮތުން ވިސްނާންވެއްޖެކަމީ މިޤައުމުގެ ކަންކަމާއި ވިސްނާ އެކަކުވެސް ދެބަސްވާނެ ހަޤީގަތެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.
ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމުގައި އެންމެ ގިނަ ވޯޓް ހޯދޭ ކެންޑިޑޭޓް އަކީ މޮޅުވާ ކެންޑިޑޭޓް ކަނޑައެޅުން ބޭނުން ތެރިކަމެއްކަމަށް ވިދާޅުވެ ނަޝީދުވަނީ މިވީ 13 އަހަރުގެ ވެރިކަންތައް އިންތިޚާބު ކުރި ގޮތާއި، ވެރިކަން ކުރި ގޮތުގެ ތަފްސީލްވެސް ހާމަ ކުރައްވާފައެވެ.
2008 ވަނަ އަހަރުގައި އެންމެ ގިނަ ވޯޓް ލިބުނީ ރައީސް މަޢުމޫނު ޢަބްދުލް ޤައްޔޫމަށް ކަމަށާއި، އެހެންނަމަވެސް ދެވަނަ ބުރުގައި އެހެން ހުރިހާ ޕާޓީ އަކާއި ކެންޑިޑޭޓުން ރައީސް މައުމޫނު އާއި ދެކޮޅައް ނުކުމެ، ރައީސް މައުމޫނު ބަލިކޮށްފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. ފުރުތަމަ ބުރުގައި މައުމޫނާއި ވާދަކޮށް، ނަޝީދަށް ލިބުނީ %25 ކަމަށާއި، ފުރުތަމަ ބުރާއި ދެވަނަ ބުރާއި ދެމެދުގައި ކުއްލިގޮތަކަށް ރާއްޖޭގެ އެތައް ރައްޔިތުންނެއް ނަޝީދާއި، ރުހި އަޤުލަބިއްޔަތު ވޯޓް ދިނީ ކަމަށް ދެކޭންވެއްޖެ ނަމަ، އެއީ ދޮގެއްގެ މައްޗަށް ދެކެވޭ ދެކުމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.
ވިދިގެން އައި ރިޔާސީ އިންތިޚާބުގައިވެސް އަސާސީ އުސޫލް ދިޔައީ އެއްހަމައެއްގައިކަމަށާއި، އެންމެ ގިނަ ވޯޓް ލިބުނީ ހަމަ އޭނާއަށް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސްކަމަށް ހުވާކުރެއްވީ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ކަމަށެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަދި އަމުދުން މިކަން ދިޔައީ ބޮޑުވެގެން ކަމަށާއި، އެމް.ޑީ.ޕީގެ ޕްރައިމެރީ ލިބުނީ އޭނާއަށް ނަމަވެސް، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ ޕާޓީގެ ކޮންގްރެސްގެ ނިންމުމާއި އެއްގޮތައް މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ކަމަށެވެ.
ރިޔާސީ އިންތިޚާބު އެކަންޏެއް ނޫނެވެ. މަޖިލިސް އިތިހާބުތަކުގައިވެސް އަދި ކައުންސިލް އިންތިހާބުތަކުގައިވެސް އެވެސް ޕާޓީއަކަށް އަޤްލަބިއްޔަތު ވޯޓް ހޯދިފައެއް ނުވޭ. އަޤްލަބިއްޔަތު ވޯޓް ހޯދުމަކީ އެއްވެސް މިނިވަން މުޖްތަމައުއެއްގައި ފަސޭހަކަމެއް ނޫން. ވަރަށް މަދުން ނޫނީ ނުވާކަމެއް. ދިވެހިރާއްޖޭގެ ސިޔާސީ ތޮބިއްޔަތައް ބައްލަވާ. ބޮޑު ދެ ޕާޓީ، އެމް.ޑީ.ޕީ އާއި އަދި ޕީ.ޕީ.އެމް އަށް ވެސް ތާއިދު އޮންނަނީ ދާދި އެއް މިންވަރެއްގައި. %35 އާއި %45 އާއި ދެމެދުގައެވެ. މި ދެޕާޓީމެ، އިންތިޚާބު ކާމިޔާބު ކުރުމަށް އެހެން ކުދި ޕާޓީ ތަކާ ގުޅޭން ޖެހޭ. މި ގުޅުމަކީ ވަރަށް އަގުބޮޑު ގުޅުމެއް. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރީގައި، މި ދެންނެވި %5 ވޯޓް ހޯދުމަށް ޓަކައި އެމް.ޑީ.ޕީ ވަނީ އެމީހުންގެ ސަރުކާރުގެ ކެބިނެޓްގެ %60 ދޫކޮށްފައެވެ. %5 ރައްޔިތުން އެދޭ ގޮތަށް ކަންކަން ގެއްދިއުމަށް %45 ރައްޔިތުންގެ އުންމީދުތައް ފެންކޮށްލަނީ.
– ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެފަދަ ބޭއިންސާފުގައި ވެރިކަމުގެ ކަންކަން ގެންދަނީނަމަ އެތައްގޮންޖެހުމަކާއި ކުރިމަތިލާންޖެހޭނެ ކަމަށާއި، ގިނަ ބައިވަރު މީހުނަކީ ބާކީވާ މީހުން ކަމުގައި އެމީހުން ދެކެނީނަމަ ނުކުރާނެހިތި ނަތީޖާތައް ޤައުމުތަކުގެ ހަޔާތުގައި ވަނީ ސާފު ވެފައިކަމަށެވެ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ގޮތައް ބަދަލު ގެނެއުމަކީ މިރާޖޭގެ އިޖްތިމާއީ، އިޤްތިސޯދު އަދި ސިޔާސީ އަދާލަތައް ކޮންމެހެން ބޭނުން ތެރިކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.
އިއްތިހާދު އަކީ ރާއްޖޭގެ ޤާނޫނުއަސާސީ ދަންނަކަމެއް ނޫން. އެއް ގޮތަކަށްވެސް ބަޔާންކޮށްފައިވާ ކަމެއް ނޫން. އެހެންނަމަވެސް އަމަލު މިކުރާ ޤާނޫނުއަސާސީގެ ދަށުން އުފެދުނު ތިން ވެރިކަންވެސް ހިންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި "އޭނާގެ" ވަޒީރުންގެ މަޖިލީހަކުން ނޫން. ވެރިކަންތައް ހިންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އޭނާއަށް ތާއިދު ކުރާ ޕާޓީތަކެއްގެ މެންބަރުންގެ މައްޗައްއެކުލެވިގެންވާ ވަޒީރުންގެ މަޖިލީހަކުން.
– ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އިއްތިހާދު މެދުވެރިކޮށް ކާމިޔާބު ކުރާ ރިޔާސީ އިންތިހާބަށް ފަހުގައި، އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކަންޑައެޅުމުގެ ޝަރުތުތަކެއް ޤާނޫނު އަސާސީއަށް އިތުރުކުރުން ބޭނުންތެރި ކަމަށެވެ. އެ ޕާޓީއަކުން މަޖިލީހުގައި ތަމްސީލްވާ މިންވަރާއި އަދި ކައުންސިލްތަކުގައި ތަމްސީލްވާ މިންވަރު އެއީ ޕާޓީތަކަށް ތާއިދު އޮތް މިންވަރު އަންގުވާދޭ ތަރާދުތަކެއްކަމަށެވެ.
އެކުލަވާލެވޭ އިއްތިހާދު ސަރުކާރުގައި ވަޒީރުން ނާއި އަދި އެހެނިހެން ސިޔާސީ މަޤާމްތަކަށް މީހުން ކަޑައެޅުމުގެ ހެޔޮ ގޮތަކީ އެ ޕާޓީއަކަށް ރައްޔިތުންގެ ތާއިދު އޮތް މިވަރެއްގެ މައްޗަށްބިނާކޮށް، ޕާޓީ ތަކަށް ޖާގަ ދިނުންކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ