ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް 3000 މުސްޙަފު ހަދިޔާ ކުރައްވައިފިއެވެ.
މުސްޙަފްތައް ހަވާލުކޮށްދެއްވީ ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ މެތްރެކް އަލްދޮސާރީއެވެ. ސަރުކާރުގެ ފަރާތުން މުސްޙަފްތަކާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ.
ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް 3000 މުސްޙަފު ހަދިޔާ ކުރެއްވުން.
މުސްޙަފްތައް ހަވާލުކޮށްދެއްވީ ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ މެތްރެކް އަލްދޮސާރީ އެވެ. pic.twitter.com/R7BpqGRVWU— Ministry of Islamic Affairs (@MVIaffairs) March 13, 2022
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މުސްޙަފްތަކުގެ ތެރޭގައި 2 ސައިޒެއްގެ މުސްޙަފް ހިމެނޭކަމަށެވެ. އެގޮތުން އާއްމުކޮށް ހުންނަ ސައިޒުގެ އަކުރު ކުދި މުސްޙަފާއި، އަކުރު ބޮޑެތި މުސްޙަފު ހިމެނޭކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މުސްޙަފް ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން މުސްޙަފް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.