"ދަ ބެޓްމޭން"ގެ ސީކުއަލެއް ހަދަނީ

"ދަ ބެޓްމޭން"ގެ ސީކުއަލެއް ހަދަނީ

Author
ފާތިމަތު ނާވީ
08 މާރޗް 2022 12:15
0

ހޮލީވުޑްގެ ޒުވާން އެކްޓަރ ރޮބަޓް ޕެޓިންސަނާއެކު ގެނެސްދީފައިވާ ސުޕަހީރޯ ފިލްމު "ދަ ބެޓްމޭން"ގެ ސީކުއަލެއް އުފައްދާނެކަމަށް ފިލްމުގެ ޑައިރެކްޓަރ މެޓް ރީވްސް ބުނެފިއެވެ.

މި މަހުގެ 4 ވަނަ ދުވަހު ނެރެފައިވާ މި ފިލްމަކީ މަސައްކަތް ނިންމައި، ކޯވިޑްގެ ސަބަބުން ނުނެރެވި ލަސްވެގެންދިޔަ ފިލްމެކެވެ. "ދަ ބެޓްމޭން" އަކީ 100 މިލިއަން ޑޮލަރުގެ ބަޖެޓްގެ ފިލްމެކެވެ.

ރޮބަޓްގެ އިތުރުން ޒޯ ކްރަވިޒް، ޕޯލް ޑާނޯ، ޖެފްރީ ރައިޓް، ޖޯން ޓާޓަރޯ، އެންޑީ ސާކިސް، ކޮލިން ފެރެލް އަދި ޕީޓާ ސާޒްގާޑްވެސް މި ފިލްމުގައި މުހިންމު ރޯލަކުންފެނިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.