އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މާދަމަ މަޖިލީހަށް ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މާދަމަ މަޖިލީހަށް ހުށަހަޅަނީ

Author
މުޙައްމަދު ޝަޒައިމް
08 ނޮވެމްބަރ 2020 06:01
0

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މާދަމާ މަޖިލީހަށް ހުށަހަޅުއްވާނެއެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާގައި ފުރަތަމަ މަސައްކަތެއްގެ ގޮތުން އެޖެންޑާ ކޮށްފައިވަނީވެސް ބަޖެޓް ހުށަހެޅުމެވެ. މާދަމާ ބަޖެޓް ހުށަހަޅުއްވާއިރު، މިއަހަރަށް ލަފާކުރާ ބަޖެޓްގެ އަދަދުތަތަކާއި، ބަޖެޓް ޑެފިސިޓް އާއި، ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރާ އަދަދުތަަށް މިނިސްޓަރ ހާމަކުރައްވާނެއެވެ. އަދި އަންނަ އަހަރަށް ދައުލަތުގެ ވިސްނުން ހުރި ގޮތްވެސް މާދަމާގެ ބެޖެޓުން ސާފުވެގެންދާނެއެވެ.

ބަޖެޓް ހުށަހެޅުމަށްފަހު 5 ދުވަހުގެ މުއްދަތެއް ބަޖެޓާއިމެދު މެމްބަރުން ދިރާސާކުރެއްވުމަށްފަހު ބަޖެޓް ބަހުސް މަރުހަލާ މިމަހުގެ 16 ވަނަ ދުވަހު ފައްޓަވާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި އަމާޒަކީ އަންނަ މަހުގެ ކުރީ ކޮޅު މަޖިލީހުން ބަޖެޓް ފާސްކުރުންކަމަށެވެ.

މި އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި އަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. ނަމަވެސް ކޮވިޑް-19 އަށް ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15 ގައި އިގްތިސޯދު ހުޅުވާލަން ހެދި ސިނާރިއޯ ސާވޭގައިވާ ގޮތުން މި އަހަރު ޓެކުހުގެ ގޮތުގައި ލިބޭނީ 9.5 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ބަޖެޓުގެ 6.1 ޕަސެންޓް ޑެފިސިޓް ވާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިހާރު އަންދާޒާ ކުރެވޭ ގޮތުގައި މި އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ 7.13 ޕަސެންޓާއި 9.22 ޕަސެންޓާ ދެމެދުގަ އެވެ.

ބަޖެޓްގެ ދަރަނި ކުޑަކުރުމަށްޓަކައި 300 މިލިއަން ޑޮލަރުގެ ސްކޫކް ވިއްކުމަށްވެސް ސަރުކާރުވަނީ ނިންމާފައެވެ. ކޯވިޑް-19އާ ގުޅިގެން ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާގެ ދަރަންޏެއް ނެގުމުގެ ހުއްދަ ފިނޭންސް މިނިސްޓަރަށް ދެއްވަން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.