ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ޔާމީން: އަދުރޭ

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ޔާމީން: އަދުރޭ

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ގއ.ވިލިނގިލީގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ޕީޕީއެމްގެ 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓާއި ގުޅޭގޮތުން ދައްކަމުންދާ ވާހަތަކައް ރައްދު ދީފައެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޤާސިމަށް ދޭން އުޅޭކަމަށް ދެކެވޭ ވާހަތަކާއި ގުޅިގެން އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށެވެ. އެޓިކެޓް އެހެން ބޭފުޅަކަށް ނުލިބޭނެކަމަށެވެ.

ރައީސް ޔާމީން ނުހައްގުން ޖަލަށް ލުމުންވެސް ގާސިމާއި، މިސަރުކާރުން ހީކޮށްގެންތިބީ ޕީޕީއެމް ބައިބައި ވެދާނެކަމަށެވެ. ނަމަވެސް ކުރިއަށް ވުރެއް ވަރުގަދަކޮށް ޖައްސައި ރައީސް ޔާމީން މިނިވަންކޮށް، އަލުން ރައްޔިތުންނާއި ބައްދަލު ކުރުމަކީ ޕީޕީއެމް ހިސޯރުކުރުމަށް ބޭނުންވި މީހުންނަށް ގެނުވި ފަނޑުކަމެއްކަމަށެވެ.

އަދުރޭ ވިދާޅުވީ، ޕީޕީއެމް އޮތީ ބަދަހި ކަމާއެކު ރައީސް ޔާމީންގެ ފަހަތުގައި ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ވާހަކަ ދެއްކުމުގެ ކުރިން ޕީޕީއެމްއަށް މުހިންމުވަނީ "އިންޑިއާ އައުޓް" ހަރަކާތުން ނަތީޖައެއް ނެރެންކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިއާ އައުޓް ހަރަކާތް މިހާރު މިހިންގާ ގޮތަށް ބަދަލު ގެނެސް މާލޭގައި ބޮޑު ހަރަކާތެއް ބާއްވަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ދިވެހިންގެ މިނިވަންކަމާއި ގުޅިފައިވާ ކަމަކަށްވުމުން މިކަން ކޮޅެއްގައި ޖެއްސުމަކީ ދިވެހި ކޮންމެ ރައްޔިތަކުވެސް ބޭނުންވާ ކަމެއްކަމަށެވެ.

އަދުރޭ ވިދާޅުވީ އިންޑިއާ ސިފައިންނަަށް މިޤައުމުން ޖާގަ ނެތްކަން ދިވެހި ރައްޔިތުން ވަރަށް ސާފުކޮށް ބުނަމުންދާއިރުވެސް މިސަރުކާރަށް އެކަމަށް އިޖާބަ ދޭން ނުކެރިގެން އުޅެނީ، ހެދިފައިވާ އެއްބަސްވުންތަކުގެ ސަބަބުންކަމަށެވެ. އެއްބަސްވުންތަކުގައި ރައްޔިތުންނަށްވެސް ނުރައްކާ އޮތް އެތައްކަމެއް އޮތުމުން ސަރުކާރާއި، ހިންގަން ތިބި ވެރިންނަށް އެކަމުން ސަލާމަތްނުވެގެން އުޅޭތަން މިއަދު ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމުން މަސައްކަތް ކުރަނީ ޤައުމު އަޅުވެތި ކުރުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ކަމަށާއި، އިންޑިއާ ސިފައިން މިފަސްގަނޑުން ފައިބަންދެން މިހަރަކާތް ހުއްޓާނުލައި ކުރިއަށްދާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *