ޗެއަރޕާސަން ކަމަށް ކުރިމަތިލީ ޕާޓީ ހަރުދަނާކޮށް، އެމްޑީޕީގެ ވެރިކަން ދަމަހައްޓަން: ފައްޔާޒް

ޗެއަރޕާސަން ކަމަށް ކުރިމަތިލީ ޕާޓީ ހަރުދަނާކޮށް، އެމްޑީޕީގެ ވެރިކަން ދަމަހައްޓަން: ފައްޔާޒް

Author
މުޙައްމަދު ޖިމީ
13 ފެބްރުއަރީ 2022 04:15
0

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރެއްވުމަށް ނިންމެވީ ޕާޓީ އިތުރަށް ހަރުދަނާކުރުމާއި އެމްޑީޕީގެ ހެޔޮ ވެރިކަން ދެމެހެއްޓުމަށްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރެއްވުމަށް މިހާތަަނަށް އިއުލާންކުރައްވާފައިވަނީ ފައްޔާޟްގެ އިތުރުން އެމްޑީޕީގެ ތަރުޖަމާން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

އިންތިޚާބަށް ކުރިމަތިލުމަށް ނިންމެވި ނިންމެވުމާއި ގުޅޭގޮތުން ފައްޔާޒް ވިދާޅުވީ އަމާޒަކީޕާޓީ އިތުރަށް ހަރުދަނާކޮށް އެމްޑީޕީގެ ހެޔޮވެރިކަން ދެމެހެއްޓުންކަމަށެވެ.

ލޮބުވެތި މެންބަރުންގެ ތާޢީދަށް އެދެން. މި އިންތިޚާބުގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާވެގެންދާނެ ކަމާމެދު ޝައްކެއް ނެތް.

– ފައްޔާޒް އިސްމާޢީލް

މަޢުލޫމާތު ލިބިފައިވާގޮތުގައި އެމްޑީޕީގެ އެންމެ އިސް ފަރާތްތަކުން ބޭނުންވަނީ ޗެއަރޕާސަންގެ މަޤާމަށް އިމްތިޔާޒް ފަހުމީ އިންތިޚާބުކުރުމަށެވެ. އެގޮތުން އިމްތިޔާޒް އެ މަޤާމަށް ވާދަކުރައްވާނެކަން ހާމަކުރެއްވީ އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. އަދި އެ މަޤާމަށް ޥާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 19އާއި ހަމައަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަދުރޭ
ފައްޔާޒް ހޮވިއްޖެނަމަ ޕާޓީތެރޭގާ ފިތުނަވެރިކަން ބޮޑުވާނެ ތިޔައީ އިދިކޮޅުން ޖަހާގެެން އުޅޭ ރޮކެޓެއް މިހާރުވެސް ތިކަލޭގެ އުނދަގޫ ވަރައް ބޮޑު އިންތި ބަރާބަރު ވާނެ ހިއްވަރާއި ފަންވަރުވެސް ހުންނާނެ