ނިމިދިޔަ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތަކާއި، ބޭރުގެ މާލީ އިދާރާތަކުން ނަގާފައިވާ ދަރަނިތައް އަލުން މުރާޖާ ކުރިޔަސް ރާއްޖެ ދަރަނިވެރި ނުވާނެކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން ރާއްޖެ އަށް ދިން ކްރެޑިޓް ރޭޓް ގަބޫލު ނުކުރާ ކަމަށް ފިނޭންސް މިނިސްޓރަ ވިދާޅުވި ވިދާޅުވުމަކީ ގޯހެއް ކަމަށާއި، ބައިނަލް އަގުވާމީ މުއައްސަސާސަތަކުން ދެއްވާ ހިސާބުތައް ބަލައިގަންނަންޖެހޭ ކަމަށްވިދާޅުވެ މަޖިލިސް ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ މާލީ ހިސާބު ދަށަށް ގޮސްފައިވާމަށް ދެއްވާފައިވާ ލަފާތައް ބަލައި ގަންނަންޖެހޭކަމަށެވެ.
ރައީސް ނަޝީދު ވަނީ ބޭރުގެ ދަރަނިތައް އަލުން ބަލައި މުރާޖާކުރެވިއްޖެނަމަ ރާއްޖެ ބަގުރޫޓް ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި ޚާއްސަކޮށް ނިމިދިޔަ ސަރުކާރުން ޗައިނާގެ ވިޔަފާރިތަކުންނާއި، ޗައިނާ ސަރުކާރުން ނަގާފައިވާ ދަރަނިތައް އަލުން މުރާޖާ ކުރިޔަސް ރާއްޖެ ބަގުރޫޓް ނުވާނެކަމަށް ވިދާޅުވެފައެވެ. ސަބަބެއްކަމަށް ރައީސް ނަޝީދު ވިދާޅުވީ މިހާރު ރާއްޖޭގެ އިޤްތިޞާދު އަލުން ހިނގައިގަންނަން ފަށައި ފަތުރުވެރިކަންވެސް ރަނގަޅަށް ކުރިއަށް ދާތީކަމަށެވެ. މިކަމުގައި އެމަނިކުފާނަށް ރާއްޖެ މިއަދަވަޅުން އަރަގަނެ ކުރިން އޮތް ހާލަތަށް ދެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
We have to listen to international indicators, inc. the recent Fitch downgrade. But, we will not default if we can restructure our external debt, esp. to Chinese commercial institutions. With tourism and travel bouncing back, I remain optimistic. ??
— Mohamed Nasheed (@MohamedNasheed) November 7, 2020
ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ 2012 އިން 2018 އަށް އޭރުގެ ސަރުކާރުން ނަގަފައިވާ ގިނަ ލޯނުތަކުގެ ގްރޭސް ޕީރިއަޑު ހަމަވެ އެލޯނުތައް ދެއްކުމުގެ ބުރަވެސް ރައީސް ޞާލިހަށް މަތިވެފައިވާކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ނުސީދާ ގޮތަކަށް ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ލޯނުތަކުގެ ގޮތުގައި ސިފަ ކުރައްވާފައިވަނީ ޗައިނާއިން އެކި ކަންކަމުގައި ނަގަފައިވާ ލޯނުތަކަށެވެ.
ޗައިނާއިން ނަގާފައިވާ ދަރިނަތައް އަދާކުރުމުގެ މުއްދަތު ކޯވިޑް-19 އާއި ގުޅިގެން ވަނީ ފަސްކޮށްދީފައެވެ. ކޯވިޑް-19 އާ ގުޅިގެން މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ދަރަނި 14 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް މިހާރު ލަފާކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ދަޢުލަތުގެ ދަރަނި މިދިޔަ އަހަރު ނިމުނުއިރު 54.2 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި މީގެ ތެރެއިން 22 ބިލިޔަން ރުފިޔާއަކީ ބޭރުގެ ދަރިނި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
ފިނޭންސް މިނިސްޓްރީގެ މަޢުލޫމާތައް ދައްކާގޮތުން 2019 ވަނަ އަހަރު ނިމުނުއިރު ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ މިންވަރު އުޅެނީ 12.7 ބިލިއަން ރުފިޔާގައެވެ. މީގެތެރެއިން 11.8 ބިލިއަން ރުފިޔާއަކީ ބޭރުގެ ލޯނެވެ. އަދި 966 މިލިއަން ރުފިޔާއަކީ އެތެރޭގެ ލޯނުތަކެވެ.
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް އަރާފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓުގަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގަ އެވެ.
ކޮމެންޓު ފޮނުވާ