މިސަރުކާރަކީ ގާނޫނަކަށް ބަލައިގެން ކަންކަން ކުރާ ސަރުކާރެއް ނޫން: އުޝާމް

މިސަރުކާރަކީ ގާނޫނަކަށް ބަލައިގެން ކަންކަން ކުރާ ސަރުކާރެއް ނޫން: އުޝާމް

Author
މުޙައްމަދު ޝަޒައިމް
01 ފެބްރުއަރީ 2022 08:02
0

މިސަރުކާރަކީ ގާނޫނަކަށް ބަލައިގެން ކަންކަން ކުރާ ސަރުކާރެއް ނޫން ކަމަށް ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްގެ ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މެންބަރަކު އައްޔަންކުރަން ޖެހޭ ޤާނޫނީ މުއްދަތު ހަމަވިއިރުވެސް މެމްބަރަކު އައްޔަން ނުކުރެވިވާ މައްސަލާގައި އުޝާމް ވިދާޅުވީ މިސަރުކާރަކީ ޤާނޫނަށް ބަލައިގެން ކަންކަން ކުރާ ސަރުކާރެއް ނޫންކަމަށެވެ. އޭސީސީގެ ގާނޫނުގައިވާގޮތުން އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާދެއްވައިފިނަމަ 60 ދުވަސްތެރޭ އާ މެންބަރަކު އައްޔަންކުރަން ޖެހެއެވެ.

އުޝާމް ވިދާޅުވީ މިއަދަށް އޭސީސީގެ މެމްބަރުކަމަށް އައްޔަން ކުރަންޖެހޭ މެމްބަރުން އައްޔަން ކުރުމުގެ ޤާނޫނީ މުއްދަތު ހަމަވިއިރު މެމްބަރަކު އައްޔަން ނުކުރެވިވާއިރު، އިންފޮމޭޝަން ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމުގައިވެސް ފެނިގެންދިޔައީ ހަމަ ޤާނޫނުގައި ބުނާ މުއްދަތު ފަހަނަ އަޅާދިޔަފަހުން ބޭފުޅަކު އެމަޤާމަށް އައްޔަން ކުރިތަންކަމުގައެވެ.

މިސަރުކާރަކީ ގާނޫނަކަށް ބަލައިގެން ކަންކަން ކުރާ ސަރުކާރެއް ނޫން. ހުރިހާ ކަމެއްގަވެސް ފެންނަނީ ގާނޫނާ ހިލާފަށް ކަންކަން ކުރަމުންދާތަން. މީގެ ކުރިން އިންފޮމޭޝަން ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމުގައިވެސް ފެނުނީ ގާނޫނުގައި ބުނާ މުއްދަތުތަކަށް ބެލުމެއްނެތި ކަންކަން ކުރި މަންޒަރު.

– އުޝާމް ވިދާޅުވިއެވެ.

އޭސީސީގެ މެންބަރަކު އެންމެ ފުރަތަމަ އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުއެވެ. މެންބަރުކަމުން އިސްތިއުފާ ދެއްވީ އަލީ އަޝްރަފުއެވެ. އޭނާ މެންބަރުކަމުން އިސްތިއުފާދެއްވިތާ 60 ދުވަސް ހަމަވެފައިވަނީ އިއްޔެއަށެވެ.

އަޝްރަފު އިސްތިއުފާ ދިނުމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. މިދިޔަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހު ވެސް ރައީސް އޮފީހުން ވަނީ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލައިފައެވެ. އަދި މިމަހުގެ 16 ވަނަ ދުވަހު ރައީސް އޮފީހުން ވަނީ އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ގާނޫނުގައިވާގޮތުން އޭސީސީގައި ފަސް މެންބަރުން ތިބެން ޖެހެއެވެ. ނަމަވެސް މިހާރު އޭސީސީގައި އެއްވެސް މެންބަރަކު ނެތުމުގެ ސަބަބުން އެ ކޮމިޝަން ވަނީ ގާނޫނީ ހުސްކަމެއްގައެވެ. އޭސީސީއަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެެއް ނިންމާނީ މެންބަރުންގެ ވޯޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢިއްބެ
ކުރީސަރުކާރުން3.4ބިލިއަންރުފިޔާބަހައިހުސްކުރީޤާނޫނާއިއެއްގޮތަށްތަ