ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު މައްޗަށް، މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު މައްޗަށް، މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

Author
މުޙައްމަދު ޖިމީ
06 ނޮވެމްބަރ 2020 05:39
0

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖޭޣެ ފަތުރުވެރިކަން ހުއްޓި ބޯޑަރުތައް ބަންދުކުރމަށްފަހު އަލުން ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަަނަ ދުވަހުއެވެ. ޓޫރިޒަމް މިނިސްޓްރީން ޢާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރުތައް ހުޅުވާލިފަހުން މިހާތަނަށް 427،212 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

  • ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް ފަތުރުވެރިން އައިސްފާވާ ގޮތުގެ ތަފާސް ހިސާބު:
    ޖުލައި (15 އިން 31) އަށް: 1،701
    އޯގަސްޓް: 7،628
    ސެޕްޓެމްބަރ: 9،538
    އޮކްޓޫބަރ: 21،515
    ޖެނުއަރީ 1 އިން 4 ނޮވެމްބަރަށް: 427،212
    ނޮވެމްބަރު 1 އިން 4 އަށް: 3،983

ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލި ފަހުން އެއްދުވަހެއްގައި އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ 1،590 ފަތުރުވެރިންނެވެ. އަދި އެއްގައުމަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 9 ހާހަށްވުރެ ގިނަ ފަތުރުވެރިންނެވެ.

  • އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތައް:
    ރަޝިޔާ: 9،519
    އިނގިރޭސިވިލާތް: 3،817
    ޔޫއޭއީ: 3،683
    އެމެރިކާ: 3،484
    އިންޑިއާ: 2،345
    ޖަރުމަންވިލާތް: 2،099
    ފަރަންސޭސިވިލާތް: 1،773
    ޔޫކުރެއިން: 1،738
    ސްޕެއިން: 1،716
    ބްރެޒިލް: 1،288

ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް-19 އަށް ފަހު ރާއްޖެ އަންނަ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު އޭގެ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެގޮތުން ބޯޑަރު ހުޅުވިފަހުން އެވްރެޖުކޮށް 9.7 ދުވަސް ރާއްޖޭގައި ފަތުރުވެރިން ހޭދަކުރެއެވެ. އޭގެކުރިން އެ ރޭޓް އުޅޭނީ 6.3 ގައެވެ.

ރާއްޖޭގެ ފަތުރުބެރިކަން ރަނގަޅުވާން ފަސާފައިވާއިރު، ކުރިއަށް އޮތް ޑިސެމްބަރު އަދި ޖެނުއަރީމަހަށް ގިނަ އަދަދެއްގެ އިންޑިއާ ފަތުރުވެރިން ރާއްޖެއަށް އައުމަށް ބުކިންސް ހައްދަމުންދާކަމަށް އެޤައުމުގެ ޓުއަރ އޮޕަރޭޓަރުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.