ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް ބިނާކުރުމާ ގުޅޭ އެއްބަސްވުމެއްގައި އެޗްޑީސީއާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު ޢަލީއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދެވެ.
އެޗްޑީސީން ވިދާޅުވީ ހިޔާ ފްލެޓުތަށް ކައިރީގައި 30،655 އަކަފޫޓުގެ ބިމެއްގައި، ބިނާކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާ، މިސްކިތުގެ ހަރިއްމަ އާއެކު 3000 މީހުންންގެ ޖާގަ ހުންނާނެ ކަމަށެވެ. މި މިސްކިތް ފަރުމާކޮށްފައިވަނީ އެޗްޑީސީގެ ފަރާތުންނެވެ. އަދި މިސްކިތް ޢިމާރަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީންނެވެ.
An agreement was signed between HDC & @MVIaffairs for the development of a Mosque in Hulhumalé Phase 2. The agreement was signed by our Managing Director, Mr. Suhail Ahmed and the Minster of Islamic Affairs @AhmedZahirAli . pic.twitter.com/TBLnkdtRPr
— HDC (@hdcmaldives) January 19, 2022
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތަކީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ "މަސްޖިދް ޢަމީލް ޖަލީލް" އެވެ. މިސްކިތް ތަރައްޤީކޮށްފައި ވަނީ ހުޅުމާލެ ފޭސް އެކަކުން ހުޅުމާލޭ ފޭސް ދޭކަށް ވަންނަ ބޮޑު މަގުގައެވެ. މިސްކިތް ފަރުމާކޮށްފައިވަނީ މިސްކިތުގެ ވަށައިގެން ހުރިހާ ފަޅިއަކުންވެސް މިސްކިތަށް ވަދެވޭގޮތަށެވެ.
ހުޅުމާލޭ ފޭސް ދޭއްގައި މިހާރު ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާއިރު، އެމީހުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ކުރުމަށް އެޗްޑީސީން ދަނީ މުހިންމު ދައުރެއް އަދާ ކުރަމުންނެވެ.