އޯއޭސީޕީއެސްގައި ރާއްޖެއިން ބައިވެރިވަނީ

އޯއޭސީޕީއެސްގައި ރާއްޖެއިން ބައިވެރިވަނީ

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް)ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައިވަނީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ދިވެހިރާއްޖެ މި ޖަމްޢިއްޔާގެ މެމްބަރު ޤައުމަކަށްވުމުން ދިވެހިރާއްޖެއާއި އެފްރިކާ ކެރީބިއަން އަދި ޕެސިފިކް ސަރަހައްދުގެ ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރުން، ދިވެހިރާއްޖެއިން ވަކާލާތުކުރަމުން އަންނަ މުހިންމު މައްސަލަތައް ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓަށް ކުރާ އަސަރުތައް ފަދަ ގިނަ ދާއިރާތަކުގައި އަޑުއުފުލުމުގެ ފުރުޞަތު ފުޅާވުމާއި، ތަރައްޤީގެ އެކިއެކި ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން އޯ.އޭ.ސީ.ޕީ.އެސް އާއި ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) ގެ އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަން ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށާއި ދިވެހިރާއްޖެއަށް ޔޫރަޕުގެ ޝެންގަން ވިސާ ހޯދުމަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިހާރު 79 ޤައުމެއް ބައިވެރިވާ މި ޖަމްޢިއްޔާގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެނަމަ ދިވެހިރާއްޖެ ވެގެންދާނީ މި ޖަމްޢިއްޔާގައި ބައިވެރިވާ 80 ވަނަ މެންބަރު ޤައުމަށެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖެ ފިޔަވައި ކުދި ޖަޒީރާ ހުރިހާ ޤައުމުތަކަކީ މި ވަގުތު މި ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ބޮލާ ދިމާ މަތީގަ ފާރުގަ ކުރިން ބަހައްޓާފަ ހުރި އާޔަތް ނަގާ އެއްލާލީމަ މީހުންތައްވލާދީނީއޭ ގޮވާތީ ދީނަށް މާ ލޯބިކުރާ ކަން ދައްކަން ބެއްޓި ލޯގަނޑެއް ބޮލާ ދިމާ މަތީގަ އެހުރީ

Leave a Reply

Your email address will not be published. Required fields are marked *