އަންނަ މަހު މެޗުތަކެއް ކުޅެން ނޭޕާލްގެ ދައުވަތު ރާއްޖެއަށް

އަންނަ މަހު މެޗުތަކެއް ކުޅެން ނޭޕާލްގެ ދައުވަތު ރާއްޖެއަށް

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2021 10:47
0

އަންނަ މަހުގެތެރޭ ފީފާ ތާރީހުގައި ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެން ނޭޕާލްގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމުން ހާމަކުރި ގޮތުގައި ނޭޕާލުން ހުށެހެޅުން އައުމުގެ ކުރިން ރާއްޖެއިން ރަހުމަތްތެރި ކަމުގެ މެޗެއް ކުޅެން އެދިފަވާނެކަމަށެވެ. ނޭޕާލްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަންނަ މަސް ތެރޭ ރާއްޖެއާ ދެކޮޅަށް ނޭޕާލުން ދެ މެޗު ކުޅުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޝްވަރާތައް މިހާރު އަންނަނީ ކުރެވެމުންނެވެ. މެޗުތައް ކުޅޭނީ ނޭޕާލުގެ ޕޮކާރާ ސްޓޭޑިއަމްގައި ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފައެވެ. އެފްއޭއެމުން ބުނީ ދެ މެޗެއް ކުޅެން ނޭޕާލްގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.

އެފްއޭއެމް އިން ބޭނުންވަނީ ނޭޕާލް ޓީމު ރާއްޖެ ގެނެސްގެން މެޗު ކުޅުމަށެވެ. އެކަމަކު، ނޭޕާލުން އެދެނީ ރާއްޖޭގެ ޓީމު ނޭޕާލަށް ގޮސް މެޗު ކުޅުމަށެވެ.

ނޭޕާލާ ދެކޮޅަށް މެޗު ކުޅެން ލިބިފައިވާ މި ފުރުސަތުގެ ބޭނުންހިފުމާ ބެހޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެފްއޭއެމުން މައުލޫމާތު ދެއެވެ. މާލޭގައި މި ފަހަރު ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލުން ވަނީ 1-0 އިން ބަލިކޮށް ފުރަތަމަ ފަހަރު އެ މުބާރާތުގައި ރާއްޖެ ބަލިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.