ރައްޔިތުންގެ މެޖޯރިޓީ ގޮވަނީ އިންޑިޔާ އަސްކަރިއްޔާގެ ސިފައިން މިޤައުމުން ފޭބުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުމަށް ގޮވާލާ އިދިކޅުން ހިންގާ ހަރަކާތްތައް ފުޅާކޮށްފައިވަނިކޮށް، އެ ހަރަކާތާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސަރުކާރުން ދީފައިވަނިކޮށެވެ.
މެންބަރު ނަޝީދު ވިދާޅުވީ، ދިވެހި ރައްޔިތުން އިހުތިރާމާއެކު އެދި ގޮވަނީ އިންޑިޔާ އަސްކަރިއްޔާގެ ސިފައިން މިޤައުމުގެ އެކި ތަންތަނުގައި ބަނޑަހަ ޖަހައިގެން ތިބޭކަށް ނޫންކަމަށާއި، ރައްޔިތުންގެ މެޖޯރިޓީ ގޮވަނީ އިންޑިޔާ އަސްކަރިއްޔާގެ ސިފައިން މިޤައުމުން ފޭބުމަށްކަމަށެވެ.
ދިވެހި ރައްޔިތުން އިހުތިރާމާއެކު އެދި ގޮވަނީ އިންޑިޔާ އަސްކަރިއްޔާގެ ސިފައިން މިޤައުމުގެ އެކި ތަންތަނުގައި ބަނޑަހަ ޖަހައިގެން ތިބޭކަށް ނޫން، ރައްޔިތުންގެ މެޖޯރިޓީ ގޮވަނީ އިންޑިޔާ އަސްކަރިއްޔާގެ ސިފައިން މިޤައުމުން ފޭބުމަށް!
— Mohamed Nasheed Abdulla (@MNA_MosTaaA) December 24, 2021
އިންޑިއާ އައުޓް ހަރަކާތް ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވެފައިވާއިރު، މިހަފްތާ ބަންދުގައިވެސް "އިންޑިއާ އައުޓް"ގެ ކެމްޕެއިން ހަރަކާތްތައް އަތޮޅު ތެރޭގައި ރައީސް ޔާމީނާއިއެކު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އިންޑިއާ އައުޓް ހަރަކާތާއެކު ފ.ނިލަންދޫއަށް އިއްޔެ ރައީސް ޔާމީން ވަނީ ވަޑައިގެންފައެވެ.
އިންޑިއާ މިލިއަޓަރީ އައުޓް ހަރަކާތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ތާޢީދުކުރައްވާކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް މިހާރު ފުޅަކުރަމުން އަންނައިރު ރައީސް ޔާމީން އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގައިވެސް އެ ކެމްޕެއިން ދަނީ ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން މިއަދު މާލެ އަތޮޅު ތުލުސްދޫއަށް ވަޑައިގެން ވާހަކަފުޅު ދައްވަމަުން ރައީސް ޔާމީން ވަނީ އިންޑިއާ އައުޓާއި ގުޅޭގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ޔާމިން ވިދާޅުވީ، އިންޑިއާ އައުޓޭ ނުކިޔުނު ނަމަވެސް އިންޑިއާ މިލިޓަރީ އައުޓޭ ކިޔުމަކީ އެމަނިކުފާނަށްވެސް މައްސަލައެއް ނޫންކަންކަމެވެ. އިންޑިއާ ސިފައިން ބޭރުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތާޢީދު ނުކުރެއްވިނަމަވެސް އެ ގޮވާލުމަށް ރައީސް ނަޝީދު ތާޢީދުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ