"ނޭޝަނަލް ވަން ސްޓޮޕް ސަރވިސް" ގެ ޚިދުމަތް ޤާއިމުކުރުމަށް ނިންމަވައިފި

"ނޭޝަނަލް ވަން ސްޓޮޕް ސަރވިސް" ގެ ޚިދުމަތް ޤާއިމުކުރުމަށް ނިންމަވައިފި

Author
މުޙައްމަދު ޝަޒައިމް
21 ޑިސެމްބަރ 2021 07:59
0

ސަރުކާރުގެ އެކި އިދާރާތަކުން ވިޔަފާރިތަކާއި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް "ނޭޝަނަލް ވަން ސްޓޮޕް ސަރވިސް" ގެ ޚިދުމަތް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.