ބޫސްޓަރ ޑޯޒް ޖެހުމަށްބޭނުންވާ ލައްކައަކަށްވުރެ ގިނަ ފައިޒާ ވެކްސިން ޑޯޒް ގެނައި ނަމަވެސް، ވެކްސިން ޖެހުމަށް ޞޭނުންވާ ސިރިންޖު ނެތުމުން ޢާންމުނަށް ބޫސްޓަރ ޑޯޒް ދޭން ފެށޭނެ ދުވަހެއް ނޭނގޭކަމަށް އެޗްއީއޯސީން ބުންފިއެވެ.
ރާއްޖެއަށް އިއްޔެ ވަނީ ފައިޒާ ވެކްސިންގެ 100،620 ޑޯޒް ގެނެސްފައެވެ. އެޗްއީއޯސީން ބުނޫ ސިރިންޖު ލިބޭނެ ދުވަހެއް ނޭނގޭތީ މި މަހުގެ މެދުތެރެއިން ފެށިގެން އާއްމުކޮށް ހުޅުވާލައިގެން ބޫސްޓާ ޑޯޒް ޖެހުމަށް ފަށަން އޮތް ޕްރޮގްރާމް މަޑުޖެހިފައިވާކަމަށެވެ. އެޗްއީއޯސީން ބުނީ ވެކްސިންޖަހާ ސިރިންޖުގެ ދަތިތަކަން އެހެން ޤައުމުތަކަށްވެސް ހުރިކަމަށެވެ.
ރާއްޖޭގައި ބުސްޓަރ ޑޯޒް އާންމުންނަށް ޖަހަން އާންމުކޮށް ހުޅުވާލާނެކަން ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.
މިހާރު ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަމުން އަންނަނީ:
– އުމުރުން 50 އަހަރުން މަތީގެ މީހުންނަށް
– ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް
– ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް
ކޯވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްޓޫބަރު މަހުގެ ކުރީކޮޅުއެވެ. އޭރު ހުޅުވާލީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި އިސް ސަފުގައި މަސައްކަތްކުރާ ސިއްހީ މުވައްޒަފުންނަށް އެކަންޏެވެ. އަދި އޭގެފަހުންވަނީ ޢުމުރުން 50 އަހަރުން މަތީގެ މީހުންނަށްވެސް ބޫސްޓަރ ޑޯޒް ޖަހަން ފަށާފައެވެ. މިމަހުގެ 15 އިން ފެށިގެން އާންމުންނަށް ބޫސްޓަރ ޑޯޒް ޖަހަން ވަނީ ފަށާފައެވެ.
ކޮމެންޓު ފޮނުވާ