ހޯރަފުށީ އެއާރޕޯޓުގެ މަސައްކަތް މި މަހުގެ 11 ވަނަ ދުވަހަށް ނިންމުމަށް އެމްޓީސީސީން ކުރަމުންދާ މަސައްކަތާއި ގާތައް ޖެހިލައި، މަސައްކަތުގެ%84 މަސައްކަތް ނިންމައިފިއެވެ.
އެމްޓީސީސީން ވިދާޅުވީ މަސައްކަތް ހުއްޓާނުލައި ކުރަމުންދާއިރު، އެއާރޕޯޓުގެ ޓާމިނަލްގެ ބޮޑު ބައެއްގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ. ކުންފުނިން މަސައްކަތް ކުރަމުންދަނީ މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން އެއާޕޯޓްގެ މަސައްކަތް ނިންމުމަށެވެ. އެއާޕޯޓްގެ މަަސއްކަތް ކުރިއަށްދާ ގޮތް ބައްލަވާ ލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވެސް ވަނީ އެރަށަށް ވަޑައިގެން ބައްލަވާލައްވާ ލައްވާފައެވެ.
ހޯރަފުށީ އެއަރޕޯޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތް ސީއީއޯ އަލްފާޟިލް އާދަމް އާޒިމް ބައްލަވާލައްވައިފި. މި މަޝްރޫޢުގެ މަސައްކަތުގެ 84 ޕަސެންޓް ވަނީ ނިމިފައި. މިކުންފުނީގެ އަމާޒަކީ 08 ނޮވެމްބަރ 2020 ގެ ކުރިން މަސައްކަތް ނިންމުން. pic.twitter.com/wErnvkHgZP
— MTCC Plc (@MTCCPlc) November 4, 2020
ހޯރަފުށީ އެއާރޕޯޓްގެ މަސައްކަތް ހުއްޓާލުމައި ބާރަށް ކުރިއަށްދާއިރު، މަސައްކަތް ނިންމުމަށް ފުރަތަމަ ކަނޑައެޅި ތާރީހަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ދިމާވި ގޮންޖެހުންތަކާއިއެކު މަސައްކަތުގެ ސްޕީޑަށް މަޑު ޖެހުމެއް އައިނަމަވެސް އެމްޓީސީސީން ދަނީ މަސައްކަތް މިހާރު ކަނޑައަޅާފައިވާ ތާރީހަށް ނިންމުމަށް ވަރަށްބޮޑަށް މަސައްކަތް ކުރަމުންނެވެ.
ހޯރަފުށީ އެއަރޕޯޓް ހަދަނީ ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެންނެވެ. އަދި މިހާރު އެއަރޕޯޓު އަޅަން ބޭނުންވާ ބިމުގެ ސަރަހައްދު ހިއްކައި މުޅިން ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. ހޯރަފުށީ އެއަރޕޯޓްގައި ހަދަނީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާއިރު، އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލާއި ފަޔަރ ބިލްޑިންގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.
ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.
ކޮމެންޓު ފޮނުވާ