އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ނިންމުން: ޓްރަމްޕް ކުޑަވަގުތު ކޮޅެއްގެ ތެރޭ ގައުމާއި މުޚާތަބް ކުރައްވަނީ

އެމެރިކާގެ ނިންމުން: ޓްރަމްޕް ކުޑަވަގުތު ކޮޅެއްގެ ތެރޭ ގައުމާއި މުޚާތަބް ކުރައްވަނީ

ގުޅުންހުރި

އިންތިޚާބުގެ ނަތީޖާ ޔަގީން ނުވިނަމަވެސް، ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެމެރިކާގެ ރައީސް ގައުމާއި މުޚާތަބު ކުރައްވާނެ ކަމަށް ޓްރަމްޕް ކެމްޕެއިންގެ އިސް ފަރާތްތަކުން ވިދާޅުވެއްޖެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ޓްރަމްޕް ގައުމާއި މުޚާތަބު ކުރައްވަނީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަން އިއުލާނު ނުކުރެވުނަސް، އޭނާ ހުންނެވީ ސާބިތުކަމާއި ޔަގީންކަމާއި އެކީގަކަން ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުންނެވެ.

ޓްރަމްޕް ކެމްޕޭނުގައި ހަރަކާތްތެރިވަމުންދާ ސީނިއަރ ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި، ޑިމޮކްރަޓިކް ޕާޓީގެ ކެމްޕޭން ޓީމުގެ ފަރާތުން، މިހާރު ލިބެމުންދާ ނަތީޖާތަކުން ޓްރަމްޕަށް ކާމިޔާބު ކުރެވުމުންދާ ސްޓޭޓްތަކުގެ ނަތީޖާއާއި ގުޅޭގޮތުން ރަގަޅު ނޫން މައުލޫމާތު ފަތުރަމުން ދާތީ ޓްރަމްޕްގެ ކެމްޕޭންގެ ތެރޭގައި ބޮޑެތި އުދާސްތަކެއް ވަނީ އުފެދިފައެވެ.

ޑިމޮކްރަޓިކް ޕާޓީގެ ކެމްޕޭންއިން އަޑު ފަތުރަމުންދަނީ، ޓްރަމްޕަށް މިހާރު ކާމިޔާބު ކުރެވިފައިވާ ސްޓޭޓްތައް ކާމިޔާބު ކުރެވިފައިވަނީ، ޕޯސްޓު މެދުވެރިކޮށް ލާފައިވާ ވޯޓުތަކުގެ ނަތީޖާ އަދި މިހާތަނަށް ލިބިފައި ނުވާތީއެވެ.

އެމެރިކާގެ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 100 މިލިއަނަށްވުރެ ގިނަ ރައްޔިތުންވަނީ ޕޯސްޓު މެދުވެރިކޮށް ކުރިން ވޯޓު ލާފައެވެ.

ގިނަ ދިރާސާތަކުން ދައްކާގޮތުގައި ޕޯސްޓު މެދުވެރިކޮށް ވޯޓު ލާފައިވާ ފަރާތްތަކުގެ މެޖޯރިޓީ ވޯޓު ޖޯ ބައިޑްން ނަންގަވާނެއެވެ.

އޮފޮޝަލުން ވިދާޅުވާ ގޮތުގައި ވޯޓު ގުނަމުންދާއިރު، ޓްރަމްޕަށް ތާޢީދު ކުރާ ފަރާތްތަކުން މެދުގައި އެނާގެ މައްޗަށް އޮތް ޔަގީންކަމާއި އިތުބާރު ދެމެހެއްޓުމަށް ޓްރަމްޕް ބޭނުންވެ ވަޑައިގަންނަވައެވެ.

މިހާތަނަށް ނަތީޖާ އިއުލާން ކުރެވިފައިވާ ގިނަ ސިޓީ ތަކުގައި ދެކެޑިޑޭޓުންވެސް ވާދަކުރަމުން ދަނީ ވަރަށް ކައިރި ކައިރީގައެވެ.

ބޮޑެތި ބައެއް ސިޓީތަކުގައު ވަރަށް ކައިރިން ވާދަ ކުރާއިރު، 29 އިލެކްޓޯރަލް ވޯޓުގެ މައްޗަށް އެކުލެވޭ ނިއުޔޯކު ސިޓީ ޖޯ ބައިޑްން ވަނީ ކާމިޔާބު ކޮށްފައެވެ.

2016 ވަނަ އަހަރު ނިއުޔޯކު ސިޓީ ކާމިޔާބު ކޮށްފައިވަނީ ޑޮނަލްޑް ޓްރަމްޕާއި އޭރު ވާދަކުރެއްވި ހިލަރީ ކުލިންންޓަނެވެ.

އިލެކްޓޯރަލް ވޯޓު ގިނަ ސިޓީއެއް ކަމުގައިވާ އޯހިއޯ ސިޓީގައިވެސް ދެ ކެޑިޑޭޓުން ވަރަށް ކައިރި ކައިރިން ވާދަ ކުރާނެ ކަމަށް ބެލެވެއެވެ. ފަހުގެ އެއްވެސް ތާރީޚެއްގައި އޯހިއޯ ސްޓޭޓް ކާމިޔާބު ނުކުރެވި، އެއްވެސް ރިޕަބްލިކަން ކެޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކުރެވިފައެއް ނުވެއެވެ. އަދި މީގެ އިތުރުން 29 އިލެކްޓޯރަލް ވޯޓުގެ މައްޗަށް އެކުލެވޭ ފްލޮރިޑާ ސްޓޭޓުގ %80 ވޯޓު ގުނާ ނިމުނު އިރު ދެ ކެޑިޑޭޓުންވެސް ވާދަކުރަމުން ދަނީ ދަދި ހަމަހަމައިގައެވެ.

އެމެރިކާގެ ރައީސް އަދި ނާއިބު ރައީސް އިންތިޚާބު ކުރުމަށް ބޭއްވޭ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެވެމުންދާއިރު، ނަތީޖާގެ މައިގަޑު އަމާޒަކީ ކޮންމެ ކެޑިޑޭޓަކުވެސް ޔަގީން ކުރާ އިލެކްޓޯރަލް ވޯޓުގެ އަދަދު ސާފުވެގެން ދިއުމެވެ.

މިގޮތުން އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ކަޑައެޅިފައިވާ 538 އެލެކްޓޯރަލް ވޯޓުގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރާ ކެޑިޑޭޓު 270 އިލެކްޓޯރަލް ވޯޓު ކަށަވަރު ކުރަން ޖެހެއެވެ.

އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އިންތިޚާބުގައި ވޯޓު ލެވޭނެ ކަމަށް ބެލެވެނީ އެމެރިކާގެ %67 ރައްޔިތުންނެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *