ސީލައިފް ފްލެޓް ގަތް މީހުންނަށް "ވިނަރެސް"އިން ފްލެޓް ގަތުމުގެ މުއްދަތު އިތުރުކޮށްފި

ސީލައިފް ފްލެޓް ގަތް މީހުންނަށް "ވިނަރެސް"އިން ފްލެޓް ގަތުމުގެ މުއްދަތު އިތުރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
01 ޑިސެމްބަރ 2021 09:17
0

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާދައްކާފައިވާ ފަރާތްތަކަށް "ވިޔަރެސް" ހައުސިންގ މަޝްރޫޢުގެ ދަށުން އެޕާޓްމަންޓްގަތުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ.

އެޗްޑީސީން ގިނަފަރާތްތަކަށް ރަޖިސްޓަރ ކުރުމަށްދެވުނު މުއްދަތުގައި ރަޖިސްޓްރީ ނުކުރެވުމުގެ ޝަކުވާ ލިބެމުންދާތީ، ކުރިން ހުޅުވާލި ފުރުޞަތުގައި ރަޖިސްޓަރ ނުކުރެވުނު ފަރާތްތަކަށް އެފުރުޞަތު ވަނީ އަލުން ހުޅުވާލާފައެވެ. އެހެންކަމުން، ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ހަވާލާދީފައިވާ އިޢުލާނު މެދުވެރިކޮށް ރަޖިސްޓަރ ނުކުރެވުނު ފަރާތްތަކުން، 06 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 15:30 ކުރިން ރަޖިސްޓްރީ ކުރެއްވުމަށް ވަނީ ދަންނަވާފައެވެ.

ވިނަރެސްއިން އެޕާޓްމަންޓްގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްއެދޭ ލިންކް: https://bit.ly/3ImvjFM އަދި، މިކޯޕަރޭޝަނުން ފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކުގެ އިތުރުން، އެހެންފަރާތްތަކުން ސީލައިފްގެ އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާނަމަ، ފައިސާދެއްކިކަން ސާބިތުކޮށްދޭ ލިޔުން residentialehdc.com.mv އަށް އީމެއިލް ކުރުމަށްފަހު ރަޖިސްޓަރ ކުރެއްވުމަށް ވަނީ އެދިފައެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް 3000ހައުސިންގ ޔުނިޓްގެ މަޝްރޫޢުއެއް އިޢުލާންކުރީ 2016 ވަނަ އަހަރުއެވެ. އަދި އޭރު މި ޕްރޮޖެކްޓުން ފްލެޓް ގަތުމަށް ގިނަ ބަޔަކު ފްލެޓަށް ފައިސާވެސް ދެއްކިއެވެ. ނަމަވެސް ދިގުމުއްދަތެއްވެ، ފްލެޓްގެ މަސައްކަތް ނުނިމި ޕްރޮޖެކްޓްގައި ބައިވެރިވި މީހުންނަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.

ފްލެޓް ގަނެ ފައިސާދެއްކި 200 އެއްހާ މީހުން ސީލައިފާ ދެކޮޅަށް އެ މައްސަލަ ސިވިލް ކޯޓަށްވެސް ހުށައެޅިއެވެ. މިކަމާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދަނީ، ސީލައިފް ފްލެޓަށް ފައިސާ ދެއްކި އާއިލާތަކަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި ވަނީ މައްސަލަ ޙައްލުކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.