ރާއްޖޭގައި ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ މަސްތުވާތަކެތީގެ ނެޓްވޯކްތަކާއި ގުޅިފައިވާ މީހުން އަޑިގައި ތިބެގެން ސޯޝަލް މީޑިއާގެ ބޮޓުން ބޭނުންކޮށްގެން ހިންގާ ކެމްޕެއިނެއް ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަތަކަށް އަލީ ރަމީޒު ރައްދު ދެއްވައިފިއެވެ.
މިހާރު އިޑިއާއަށް ކުރައްވާ ދަތުރު ފުޅުގައި ވޯލްޑް އިން ވަން ނިއުސް (ވިއޯންއަށް) ދެއްވި އިންޓަރވިއުއެއްގަ މިނިސްޓަރ މާރިޔާ ވިދާޅުވެފައިވަނީ އިންޑިއާ އައުޓް ކެމްޕެއިންގެ ހުރިހާވެސް އަމާޒަކީ ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ގާތް އެކުވެރި ގުޅުން ހީނަރުކުރުންކަމަށެވެ. އަދި އެއްވެސް އަސްލެއްނެތް ހަގީގަތާއި ޚިލާފް ވާހަކަ ދައްކައިގެން ދޭތެރެ ޖެއްސުމަކީ އެމީހުންގެ މަގްސަދުކަމަށެވެ. މިކަން ކުރަމުންދަނީ ރާއްޖޭގެ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މަދު ބޮޓުންތަކެއް ކަމުގައި މާރިޔާ ވަނީ ސިފަ ކުރައްވާފައެވެ.
މިނިސްޓަރ މާރިޔާގެ މިވާތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ މާރިޔާގެ ވާހަތައް ކުއްވެރި ކުރަމުންނެވެ. އެގޮތުން މިހަރަކާތުގައި އެތައް ސަތޭކަ ދިވެހި ރައްޔިތުން ބައިވެރިވމުންދާއިރު، އެމީހުން މިހަރަކާތުގައި ބައިވެރިވަމުންދަނީ އެއްވެސް ހާލެއްގައި ވަކި މީހަކު ބުނެގެން ނުވަތަ، ވަކި ކަމެއް ހާސިލް ކުރަން ނޫންކަމަށް ދަނީ ބުނަމުންނެވެ. ހަމައެކަނި މަޤުސަދަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ނެގެހެއްޓުންކަމަށް ސޯޝަލް މީޑިއާގައި ކޮމެންޓް ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އިންޑިއާ އައުޓް ކެމްޕެއިންނާއި މަސްތުވާތަކެއްޗާއި ގުޅިފައިވާކަމަށް މާރިޔާ ވިދާޅުވެ ދެއްކެވި ވާހަތަކުގެ ރައްދުފައި އަލީ ރަމީޒު ވިދާޅުވީ އޭނާއަކީ ހަޔާތުގެ އެއްވެސް ހިސާބެއްގައި މަސްތުވާތެކެތީގެ އެއްވެސް ބާވަތެއް ނޭނުން ކުރި މީހެއް ނޫންކަމަށެވެ. އަލީ ރަމީޒު މިފަދައިން ޓުވީޓު ކުރީ އޭނާއަކީވެސް މި ހަރަކާތުގައި ބައިވެރިވަމުންދާ މީހެއްގެ ހައިސިއްޔަތުންނެވެ.
އަޅުގަނޑަކީ އަޅުގަނޑުގެ ހަޔާތުގައި ދުވަހަކުވެސް މަސްތުވާ ތަކެތީގެ އެއްވެސް ބާވަތެއް ބޭނުން ކުރި މީހެއްނޫން.
– އަލީ ރަމީޒު ވިދާޅުވިއެވެ.
Alhugandakee Alhuganduge hayaathuga dhuvahakuves masthuvaa thakethi ge evves baavatheh beynun kuri meeheh noon.#indiaOut pic.twitter.com/IxgEDiZSXU
— Ali Rameez (@aliramyz) November 28, 2021
މާރިޔާ ވަނީ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް އެކުވެރި ގުޅުމަށް ތައުރީފް ކުރައްވާފައެވެ. އަދި މިހެން މަދު ބަޔަކު ކުރާ ކަމަކުން ދެޤައުމުގައި އޮތް ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެކަމަށާއި، ދެޤައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައިވެސް ދާނީ އިތުރަށް ބަދަހި ވަމުންކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ މިފަދައިން ވިދާޅުވިއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، އިންޑިއާއާއިއެކު ހަދާފައިވާ އެއްބަސްވުނަތައް ހާމަކުރުމަށް ގޮވާލައި އެތައް ސަތޭކަ ބަޔަކު ދަނީ މާލެއާއި އަތޮޅު ތެރޭގައިވެސް ބޮޑެތި އެއްވުންތައް ބާއްވަމުންނެވެ. މިއެއްވުނަތަކުގެ މައުލޫމާތު ބައިނަލް އަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައިވާއިރު، ސަރުކާރުން ބުނަމުންދަނީ އިންޑިއާއާއި ރާއްޖެއާއި ދެމެދު ގޮތްނޭގޭ އަދި މިނިވަންކަމަށް ބުރޫއަރާފަދަ އެއްބަސްވުމެއް ހެދިފައި ނުވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ