ފްރެންޗް ލީގުގައި މެސީ ޖެހި ފުރަތަމަ ލަނޑާއެކު ޕީއެސްޖީއަށް މޮޅެއް

ފްރެންޗް ލީގުގައި މެސީ ޖެހި ފުރަތަމަ ލަނޑާއެކު ޕީއެސްޖީއަށް މޮޅެއް

ފްރެންޗް ލީގަށް ބަދަލުވެ، ޕީއެސްޖީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ ފްރެންޗް ލީގުގައި ޖެހި ފުރަތަމަ ލަނޑާއެކު ޕީއެސްޖީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ޕީއެސްޖީ ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ ނޯންޓް އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ، ކިލިއަން އެމްބާޕޭއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން 65 ވަނަ މިނެޓުގައި ޕީއެސްޖީގެ ކީޕަރަށް ރަތް ކާޑު ދެއްކުމާއި ގުޅިގެން އެޓީމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. ކޭލޯ ނަވާސްއަށް ރަތް ކާޑު ދެއްކީ އޭރިއާ ބޭރުން ނޯންޓްސްގެ ލުޑޮވިޗް ބްލާސްއަށް ފައުލް ކުރުމާއި ގުޅިގެންނެވެ. މެޗުގައި ނޯންޓް އިން ނަތީޖާ ހަމަހަމަކުރީ 76 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ރަންޑަލް ކޮލޯ މުއާނީއެވެ.

ނޯންޓް އިން މެޗުގެ ނަތީޖާ ހަމަހަމަކުރިތާ މާގިނައިރުތަކެއް ނުވަނީސް އެޓީމުގެ ޑެނިސް އަޕިއާ އަތުން ބައިކޮޅަށް ލަނޑެއް ވަދެ، ޕީއެސްޖީއަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ލިބުނެއެވެ. ޕީއެސްޖީގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށެވެ. މިއީ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވުމަށްފަހު، ފްރެންޗް ލީގުގައި މެސީ ޖެހި ފުރަތަަމަ ލަނޑެއެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 12 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ކުޅުނު 14 މެޗުން ޕީއެސްޖީއަށް 37 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެންއަށް 14 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. އަދި ޕީއެސްޖީ އަތުން ބަލިވި ނޯންޓް އޮތީ ތާވަލުގެ 11 ވަނައިގައި 14 މެޗުން 18 ޕޮއިންޓާއެކުއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *