ޒަކާތް ދޭންޖެހޭނީ ހަމަ އެކަނި މުސްލިމުންނައްތަ؟

ޒަކާތް ދޭންޖެހޭނީ ހަމަ އެކަނި މުސްލިމުންނައްތަ؟

ގުޅުންހުރި

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

މުސްލިމް ނޫން މީހަކަށް ޒަކާތުގެ ފައިސާ އިން މިންވަރެއް ދިނުން ހުއްދަވެގެންނެއް ނުވެއެވެ. އެމީހުންނަކީ ކިތަންމެ ފަގީރު، ދަރަނިވެރި ބައެއް ކަމުގައިވީނަމަވެސް އެވެ.

ނަމަވެސް އެމީހުންނަށް ޞަދަގާތުގެ ގޮތުގައި ފައިސާ ދިނުން ނުވަތަ އެނޫންވެސް އެހީތެރިކަން ފޯރުވާ ދިނުމަކީ އެންމެ ރަގަޅު ކަމެކެވެ. އަދި އެބައިމީހުންނާއި ހަދިޔާ ބަދަލުކޮށް އެކުވެރިކަން ބޭއްވުމަކީ އެންމެ ރަގަޅު ކަމެކެވެ.

ސޫރަތުލް މުމްތަޙިނާގެ 8 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَّا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ) މާނައަކީ: " ތިޔަބައިމީހުންގެ دينއާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދިތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށްތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدلވެރިގޮތުގައިކަންތައް ކުރުން، اللَّهތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدلވެރިންދެކެ اللَّهލޯބިވެވޮޑިގެންވެތެވެ".

ޒަކާތުގެ ޙައްގު ވެރިންނަކީ ކޮބައިކަން ބަޔާން ކުރައްވާ ސޫރަތުއް ތައުބާގެ 60 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّـهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِّنَ اللَّـهِ ۗ وَاللَّـهُ عَلِيمٌ حَكِيمٌ  ) މާނައަކީ: " ހަމަކަށަވަރުން، صدقاتގެ ތަކެތި ވަނީ فقيرންނަށާއި، مسكينންނަށާއި،އެކަމުގެ عاملންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާމީހުންނަށާއި، (އެބަހީ: އަލަށް إسلامވީ މީހުންނަށާއި) އަޅުންމިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّهގެ މަގުގައްޔާއި (حالގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّهގެ حضرةންކަނޑައަޅުއްވާފައިވާ فرضއެއްގެ ގޮތުގައެވެ. اللَّهއީ، މޮޅަށްދެނެވޮޑިގެންވާ، حكيمވަންތަ ރަސްކަލާނގެއެވެ".

والله أعلم .

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ