ފިލްމީ ތަރި އަރުބާޒް ޚާން އާއި ނައިބް ރައީސް ބައްދަލު ކުރައްވައިފި

ފިލްމީ ތަރި އަރުބާޒް ޚާން އާއި ނައިބް ރައީސް ބައްދަލު ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
31 އޮކްޓޯބަރ 2021 09:40
0

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަރުބާޒު ޚާންއާއި، ދިވެހި ރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމް ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އަރުބާޒުއާއިއެކު ބޭއްވި ބައްދަލުވުމުގައި ނައިބް ރައީސް ވަނީ ޕާފޯމެންސްޓް އާޓްގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދޭން ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި ރާއްޖޭގެ ފިލްމީ ދާއިރާ ކުރިއަރުވަން އެކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

އަރުބާޒު ޚާނަކީ ބޮލީވުޑު އިންޑަސްޓްރީގައި ފާހަގަ ކޮށްލެވޭ ފަންނާނެކެވެ. އެކްޓު ކުރުމުގެ އިތުރުން އަރުބާޒަކީ ފިލުމު ޑައިރެކްޓްކޮށް، ޕްރޮޑިއުސް ކުރުމުގައި ވެސް ފާހަގަ ކޮށްލެވޭ ފަންނާނެކެވެ.

އަރުބާޒު ޚާންގެ އާއިލާގައި ގިނައީވެސް އިންޑިއާގެ ގިނަ ބައެއްގެ ލީބި ލިބިފައިވާ ފަންނާނުންނެވެ. ސަލްމާން ޚާނާއި އަރުބާޒު ޚާން އަދި ސުހެއިލް ޚާނާއި ތިން ބެއިންނަކީ ބޮލީވުޑު ފިލުމު އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ފާހަގަ ކޮށްލެވޭ ފަންނާނުންނެވެ. ދާއިރާ އައު ފަންނާނުން ނެރުމުގައި ޚާން ތިންބެއިން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.