ތައުލީމު ފޯރުކޮށްދިނުމަށް އެއް ދޮރު ބަންދު ވެއްޖެނަމަ އެހެން ދޮރެއް ހުޅުވައިގެންވެސް ކިޔަވަދޭންޖެހޭ ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ދެކުނަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ފުވައްމުލަކަށް ވަޑައިގެން، މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ތައުލީމު ފޯރުކޮށްދިނުމުގައި އެއް ދޮރު ބަންދު ވެއްޖެނަމަ އެހެން ދޮރެއް ހުޅުވައިގެންވެސް، އަދި ސްކޫލްތައް ހުޅުވައިގެން ތައުލީމު ފޯރުކޮށް ނުދެވުމުން ގޭގައި ދަރިވަރުން ބައިތިއްބައިގެންވެސް މެދުނުކެނޑި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދީފައިވާ ކަމަށާއި އެކަމަށްޓަކައި އެންމެހާ މުދައްރިސުންނަށާއި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިކަން ފަހިކޮށްދިނުމަށް މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކޯވިޑްގެ ދަތިހާލުގައި ދައުލަތަށް ފައިސާ ލިބުން އެއްކޮށްހެން ހުއްޓިފައިއޮތް އިރުވެސް އަޅުގަނޑުމެންނަށް ފެނިގެންއައީ ދިވެހިރާއްޖޭގެ އެންމެ އުތުރުން، ތުރާކުނުން ފެށިގެން އައްޑޫ ސިޓީ ގަމާ ހަމައަށް މަސައްކަތްތައް މަޑުނުޖެހި ކުރިޔަށް ދިޔަތަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއެކު ކުރެވިގެންދިޔަ މުހިއްމު މަސައްކަތްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސިފަކުރެއްވިއެވެ.
ކައިރި ޤައުމުތަކުގައި އަދިވެސް ކޯވިޑް މެނޭޖް ނުކުރެވިގެން އުޅޭ މަންޒަރު މިހާރުވެސް ފެންނަމުންދާ ކަމަށާއި އެހެންނަމަވެސް ރާއްޖެއިން ކޯވިޑް މެނޭޖްކުރުމުގައި ނަމޫނާ ދައްކާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ކޯވިޑް މެނޭޖްކުރުމުގައި ދެވުނު ގައިޑްލައިންތަކާއި ރެސްޓަރިކްޝަންތަކާ މެޝަރސްތަކާ އެއްގޮތަށް އެންމެ ރަނގަޅަށް އެމަސައްކަތް ކުރެއްވި ބަޔަކީ ސްކޫލްތަކުގައި މަސައްކަތްކުރެއްވި ބޭފުޅުންކަން އެ މަނިކިފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ހުޅުވާދެއްވާފައެވެ.
One Response
މިރާއްޖޭގަަ ތަޢުލީޙާސިލްކުރާާ މީހުންނަށްކުރަނީީ މަލާމާތްް ސަރުކާރުންް ރައްޓެހިންނަށާް ރައްޓެހިންނަށްް ހިއްސާާ އޮންނަފަރާތްް ތަކަށްް ފައިސާާ އާާ ހަދިޔާާ ދޭންކުރާކަމެއްތީީ ހެޔޮނިޔަތެއްގާާ ކުރާކަމަކަށްވަންޏާާ ސަރުކާރުންް ބޮޑަތިމުސާރަޔާާ އިނާޔަތްތައްް ދެމުންގެންދާު މަގާމުތަކުގަަ ތިބިި ބިދޭސީންް ފޮނުވާލާފަަ ދިވެހިދަރިންނަށްް އެފުރުސަތުތައްދީީ ބޭކާރުވާހަކަަ ދައްކަދައްކާފަަ އުޅުނަސްް މިހާރުދިވެހިންް ހައްދާލާކަށްް ފަސޭހައެއްނުވާނެެ