ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރެވުނު މަސައްކަތްތަކާއި، ވެ ވަޑައިގެންނެވި ގުރުބާނީއަކީ، ވާންޖެހޭ ގުރުބާނީތަކެއްތޯ މިއަދު ދިމާވާ ކަންތައްތަކުން ހިތައް އަރާ ކަމުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ކުރި މަސައްކަތާއި، އޭރުގެ ސިޔާސީ މަސްރަހުގައި ހިނގައިދިޔަ ކަންތައްތަކުގެ ތެރެއިން ދިމާވި ކޮންމެ ކަމަކާއި ކުރިމަތިލައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރީ ޤައުމާއި ރައްޔިތުންގެ ހައްގުގައިކަމަށެވެ. ރައީސް ނަޝީދު ޖަލަށް ލައިގެންނާއި، ސިޔާސީ ލީޑަރުން ޖަލަށް ލުމުން ސަރުކާރާއި ދެކޮޅަށް ނުކުމެ ކުރި މަސައްކަތުން އެތައް ފަހަރަކު ޖަލަށްލައި ކުރި އަނިޔާތަކަކީ މިއަދު އެކަންކަން ހަނދާވުމުން ވަރަށް ގިނަ ވާހަކަތަކެއް ހިތައް ގެނުވާ ކަންތައްތަކެއްކަމަށެވެ.

މަހުލޫފް ވިދާޅުވީ އަމިއްލަ އާއިލާއާއި، ދަރުފުޅާއި ދުރުގައި ޖަލުގައިި އެތައް މަހަކު ބޭއްވިއިރުވެސް ކުޑަވެސް ދުލެއްނުދީ ކުރި މަސައްކަތަކީ ފަހުރުވެރިވާ މަސައްކަތްތަކެއްކަމަށެވެ. އަދި މިމަސައްކަތް އެމްޑީޕީގެ އާންމު މެމްބަރުން ބަލައި ގަންނަކަން ނިމިދިޔަ އިންތިޚާބުގެ ނަތީޖާއަށް އެކަނި ބަލައިލުމުންވެސް ފެންނާނެކަމަށެވެ. އެ އިންތިޚާބުގައި ފަހު ވަގުތު ކުރިމަތިލުމުގެ ޖާގަ ދިންނަމަވެސް އިންތިޚާބުގައި އެންމެ މަތީ އަޣުލަބިއްޔަތު އިންތިޚާބުވުމަކީ ރައްޔިތުން އޭނާއާއިމެދު ދެކޭ ގޮތަށް ވަރަށް ސާފުވާ ކަމެއްކަމަށެވެ.
މަހުލޫފްގެ މައްސަލައިގައި ކޮމިޝަންގެ ތަހުގީޤް ގޯސް: ރައީސް އޮފީސް
ވެރިކަން ލިބުމަށްފަހު ވަޒީރަކަށް ވުމާއި ގުޅިގެން ސިޔާސީ ގޮތުން ކައިރީގައި ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތުން ދިމާވާ ފިއްތުންތަކަކީ ގަބޫލު ކުރަންވެސް ދަތި ކަންތައްތަކެއްކަމަށް މަހުލޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވަޒީރުކަމާއި ހަވާލުވެ މިވީ މުއްދަތުގައި ދެފަހަރު ސަސްޕެންޑްކޮށް، އެތައް ތުހުމަތެއް ބޮލުގައި އަޅުވަމުންދާއިރުވެސް ވަރަށް ކެތްތެރިކަމާއިއެކު ކަންކަން ހިނގާ ގޮތް ބަލަމުންދާކަމަށެވެ. މިއިން އެއްވެސް ކަމަކީ އޭނާއަށް ނޭގި ސިއްރުން ކުރާ ކަމެއް ނޫކަމަށާއި، ޖަހާ ހުރިހާ ސަކަރާތެއް ވަރަށް ކައިރިން އެނގޭކަމަށެވެ.
މަހުލޫފްކުރި މަސައްކަތުގެ ނަތީޖާ ކެމްޕެއިނުން، ފަސޭހައިން ކާމިޔާބުކުރުމާއި ދިމާލަށް!
އޭނާ ވިދާޅުވީ ދިމާވާ ގޮންޖެހުންތަކާއި ،ފިއްތުންތަކުގެ ސަބުން ބައެއް ހާލަތްތަކުގައި ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ނިކުމެ ކުރި މަސައްކަތާއި، ރައީސް ނަޝީދުފަދަ ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ކުރެވުނު މަސައްކަތަކީ ވާންޖެހޭ ގުރުބާނީއެއްތޯ ހިތައް އަރާކަމަށެވެ.
އަޅުގަނޑު ބައެއް ފަހަރު ހިތައް އަރާ އޭރު ވި ގުރުބާނީއަކީ ހަމަ ވާންޖެހޭ ގުރުބާނީއެއްތޯ. އެންމެ ކައިރީގައި ތިބި މީހުން ފަހަތުން ބުރަކަށްޓަށް ވަޅި ހަރާ ހިސާބަށް ދިމާޔަ ކަމު ނުދާނެ ނޫންތޯ. އަޅުގަނޑުން ވެފައިވާ ގުރުބާނީއަކީ ދިވެހި ރައްޔިތުންނަށް ފެންނަހުރި މަސައްކަތް. އެކަމުގެ ނަތީޖާ އަޅުގަނޑަށް ނިމިދިޔަ އިންތިޚާބުންވެސް ވަނީ ފެނިފަ.
– މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ ޕީޕީއެމްއިން އޭނާ ދުރަށްދާން ޖެހުނު އެންމެ ބޮޑު ސަބަބަކީ، ވެރިކަން ލިބި މާދުރުގައި ތިބި ބަޔަކު ޕީޕީއެމް ތެރެއަށް ވަދެ ކުރި މަސައްކަތްތަކުގެ ސަބަބުންކަމަށެވެ. ޕީޕީއެމްއަކީ ނުނިދައި ހޭލާ ހުރެ އަމިއްލަ ލޯގޯއެއް ކުރަހައި ހެދި ޕާޓީއަކަށްވާއިރު އެޕާޓީ ތެރެއިން ފުރުސަތު ހަނި ކުރިމަކީ ޕާޓީއާއި ދުރަށް ދާންޖެހުނު ސަބަބުކަމަށެވެ.
މިހާރުވެސް އަތޮޅު ތެރޭގެ ރަށްތަކަށް ދިއުމުންޕީޕީއެމްގެ މީހުން އޭނާއާއި ދިމާލަށް ތިއީ އެމީހުންގެ މީހެއްކަމަށް ބުނަމުންދާކަމަށް މަހުލޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ކުރެވުނު މަސައްކަތުން ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ހުރިހާ ޕާޓީއެއްގެވެސް އާންމު މެމްބަރުންގެ ރުހުން ލިބިފައި އޮތުންކަމަށެވެ. މަހުލޫފް ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތުގައި އެންމެ އިހުތިރާމްކުރާ ލީޑަރަކީ ރައީސް މައުމޫންކަމަށެވެ. އަދި އޭނާ މިހިސާބަށް އައުމުގައިވެސް ރައީސް މައުމޫންގެ ލަފާފުޅާއި ޚިޔާލު ވަރަށް ބޮޑަށް ލިބި ވަޑައިގެންނެވިކަމަށެވެ.
ކޮމެންޓު ފޮނުވާ