ސީލައިފަށް ފައިސާ ދެއްކި މީހުންނަށް، "ވިނަރެސް" އެޕާޓްމަންޓް

ސީލައިފަށް ފައިސާ ދެއްކި މީހުންނަށް، "ވިނަރެސް" އެޕާޓްމަންޓް

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2021 08:59
0

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާދައްކާފައިވާ ފަރާތްތަކަށް "ވިޔަރެސް" ހައުސިންގ މަޝްރޫޢުގެ ދަށުން އެޕާޓްމަންޓްގަތުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނުގައި ބުނީ ސީލައިފްގެ އެޕާޓްމަންޓް ގަންނަން ފައިސާ ދެއްކި މީހުންގެ ތެރެއިން އެޗްޑީސީއާ އެކު "ސެޓްލްމަންޓް އެގްރިމެންޓް" ހަދައި އެ ކޯޕަރޭޝަނުން ރިފަންޑް ދީފައިވާ މީހުންނަށް އެޕާޓްމަންޓް ގަތުމަށް ރަޖިސްޓްރީވެވޭނެ ކަމަށެވެ.

އެކުންފުނިން ބުނީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް އަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކާއި ދެމެދު ހެދިފައިވާ "ސެޓްލްމަންޓް އެގްރީމެންޓްގެ" 4.3 ވަނަ މާއްދާގެދަށުން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން މިކޯޕަރޭޝަނަށް ލިޔުން ހުށަހަޅާ، މިކޯޕަރޭޝަނުން އެފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކަށް، ހުޅުމާލެ ދެވަނަފިޔަވަހީގައި ތަރައްޤީކުރަމުންދާ "ވިޔަރެސް" ހައުސިންގ މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ސީލައިފްގެ އެޕާޓްމަންޓް ގަންނަން ފައިސާ ދެއްކި މީހުންގެ ތެރެއިން އެޗްޑީސީއާ އެކު "ސެޓްލްމަންޓް އެގްރިމެންޓް" ހަދައި އެ ކޯޕަރޭޝަނުން ރިފަންޑް ދީފައިވާ މީހުންނަށް ތެރެއިން ވިލަރެސްއިން އެޕާޓްމަންޓްގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 15:30 ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް އެދޭކަމަށެވެ.

އޭގެ އިތުރުން ސީލައިފްގެ އެޕާޓްމަންޓް ގަންނަން ފައިސާ ދެއްކިކަން ސާބިތުކޮށްދޭ ލިޔުން [email protected] އަށް މެއިލްކުރުމަށްފަހު ރަޖިސްޓްރީކުރަން އެދެއެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން މާޗު 13، 2014 ގައި ސީލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގި މައްސަލަ ފެންމަތިވުމުން އެކަން ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި އެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ވެސް ހުށަހެޅިއެވެ.

ސެޓްލްމަންޓް އެގްރީމެންޓް ހެދީ ސީލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ދައުލަތާ ދެކޮޅަށް ދައުވާކުރުމުންނެވެ. އެގޮތުން، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް އެގްރިމެންޓް ހަދައި އެޗްޑީސީން ވަނީ ކޯޓުން ބޭރުގައި ވަނީ މައްސަލަ ނިންމައިފަ އވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.