އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހަސީބު އިސްމާއިލް އެ މަގާމުން ވަކިކޮށްފިއެވެ.
ސިވިލް ސާވިސްއިން ބުނީ ހަސީބު މަގާމުން ވަކިކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އިސްލާމިކް މިނިސްޓަރު ޒާހިރު މީގެ ކުރިން ވިދާޅުވި ގޮތުގައި އޭނާ ވަކިކުރަން ނިންމީ އޭނާ މުވައްޒަފުންނާ ވަރަށް ދަށް ފެންވަރެއްގައި މުއާމަލާތް ކުރުމާއި އަދި މުވައްޒަފުންނަށް ބިރު ދެއްކުމުގެ މައްސަލަތަކާ ގުޅިގެންނެވެ.
އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަކަށް ޢަބްދުލްޙަސީބް އިސްމާއީލް އައްޔަން ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ. ހަސީބު އެ މަގާމުން ވަކިކުރި އިރު އޭނާ މަގާމުން ވަކި ކޮށްދޭން އެދި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިދިޔަ ޖެނުއަރީ މަހު އޮތީ ސިވިލް ސާވިސްއަށް ސިޓީއެއް ފޮނުއްވާފައެވެ.
ހަސީބް އަކީ މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީ އިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލް ކުރައްވަވައި އަދި ބެންގަލޫރ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ކޮމާސް ހާސިލް ކުރައްވަވާފައިވާ ބޭފުޅެކެވެ.
ޙަސީބް ވަނީ ދައުލަތުގެ އެކި މަގާމްތައް އަދާކުރައްވާފައެވެ، އެގޮތުން 2002 ވަނަ އަހަރު ތެރޭގައި ހިދުމަތާއި ގުޅި މިހާތަނަށް އަދާ އަދާކުރެއްވި ބައެއް މާމުތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރުކަމާއި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްކަމާއި އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރުކަން ހިމެނެއެވެ.