ފުރަތަމަ ޓިކެޓް ގަތީ 18 ގަޑިއިރު ކިއުގައި ހުރި މީހެއް

ފުރަތަމަ ޓިކެޓް ގަތީ 18 ގަޑިއިރު ކިއުގައި ހުރި މީހެއް

ގުޅުންހުރި

މާދަމާރޭ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ދިވެހި ރާއްޖެއާއި އިންޑިއާއާއި ކުޅޭ މެޗުގެ ޓިކެޓް ވިއްކަން ފަށަފައިވާއިރު، ފުރުތަމަ ޓިކެޓް ގަނެފައިވަނީ މީގެ 18 ގަނޑިއިރު ކުރިން ކިއުގައި ޖެހުނު މީހެއްކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޓިކެޓް ވިއްކަމުންދަނީ މާފަންނު ޒުވާނުންގެ މަރުކަޒުންނެވެ. ޓިކެޓް ގަތުމަށް އެތައް ބަޔަކު ކިއުގައި ޖެހިފައިރު ވިއްކަމުންދަނީ ކޮންމެ މީހަކަށް 2 ޓިކެޓެވެ. ޓިކެޓް ގަތުމަށްޓަކައި ރެއިން ފެށިގެން ވަނީ ކިއު ހަދާފައެވެ. ސަޕޯޓް ކުރުމަށް ދިވެހި ޓީމު ކުޅޭ ކޮންމެ މެޗެއްގައި ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ކިއުގައި ޖެހިގެން ޓިކެޓް ހޯދުމަށް މަސައްކަތް ކުރެއެވެ.

މިމެޗަށް ވިއްކުމަށް ހަމަޖެހިފައިވަނީ 3،000 ޓިކެޓެކެވެ. ޓިކެޓް ވިއްކަން ފެށިތާ 1 ގަޑިއިރުގެ ތެރޭގައި 1،000 އަށްވުރެ ގިނަ ޓިކެޓްވަނީ ވިކިފައެވެ. މިއަދަކީ ހޫނު ގަދަ ދުވަހަކަށް ވީނަމަވެސް ގަދަ ހޫނުގައިވެސް ކިއުގައި ތިބި މީހުން ތިބީ ޓިކެޓް ގަތުމަށް ކެތް މަދުވެފައެވެ.

ގަލޮޅު ދަނޑުގެ ހާތަލު އޮތް ގޮތުން މިވަގުތު އެދަނޑަށް ވަދެވެނީ 5000 މީހުންނަށެވެ. މިނިސްޓަރ މަހްލޫފު ވިދާޅުވީ ކުރިން ޓިކެޓު ގަތުމަށް ސަޕޯޓަރުން ކިއުގައި ގިނައިރުތަކެއް ހޭދަކުރަންޖެހުނު ނަމަވެސް، ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ޓިކެޓު ވިއްކުމުގެ އިންތިޒާމްތަކަށް ގެނައި ބަދަލާއެކު، ޓިކެޓު ކިއުގައި ސަޕޯޓަރުން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވާނެ ކަމަށެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެ ކުޅޭ މެޗްތަކުގެ ޓިކެޓް ގަތުމަށް ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ ސަޕޯޓަރުން ކިއު ހަދައެވެ. އަދި ޓިކެޓް ނުލިބުމާއެކު ގިނަ އަދަދެއްގެ ބަޔަކުވަނީ ވަރަށް ބޮޑަށް ހިންހަމަ ނުޖެހުން ފާޅުކޮށްފައެވެ. ދިވެހި ރާއްޖެ އާއި ސްރީލަންކާ ވާދަކުރި މެޗްގެ ޓިކެޓްތަށް ވިއްކުމަށް ފެށުމާއެކު، 3 ގަނޑިއިރެއްހާއިރުގެ ތެރޭގައިވަނީ ވަނީ ޓިކެޓް ވިކި ހުސްވެފައެވެ. މިއާއެކު ގިނަ ބަޔަކުވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، ބޮޑު ހަމަނުޖެހުމެއްވެސް ހިންގާފައެވެ. އަދި އެއާއެކު އެފްއޭއެމްއިންވަނީ ފަހުން 1000 ޓިކެޓް ވިއްކާފައެވެ.

ޓިކެޓް ވިއްކުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ވަނީ އަޑު ފެތުރިފައެވެ. ނަމަވެސް މާދަމާ ޒުވާނުންގެ މަރުކަޒުން ވިއްކުމަށް ހަމަޖެހިފައިވަނީ އިންޑިޔާ އާއި ދިވެހި ރާއްޖެ ވާދަކުރާ މެޗްގެ ޓިކެޓެވެ. އަދި ބަންގްލަދޭޝް އާއި ނޭޕާލް މެޗްގެ ޓިކެޓްގެ ވިއްކުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުންނެވެ. މާދަމާ ވިއްކުމަށް ހަމަޖެހިފައިވާ، ޓިކެޓާބެހޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ވިދާޅުވީ މެޗްތަކުގެ ޓިކެޓް ވިއްކުމުގައި އެއްވެސް ކޮރަޕްޝަންގެ އަމަލްއެއް ނެތްކަމަށާއި އެކަމަށް ޖާގައެއްވެސް ނެތްކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ