މާދަމާރޭ ރާއްޖެއާއި، އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދޭންވީ ކަންކަން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު ޓިކެޓް ވިއްކަން ފަށާއިރު، ރެއިން ފެށިގެންވަނީ ކިއު ހަދާފައެވެ. މިނިސްޓަރ މަހުލޫފްވަނީ ކިއު ހަދާފައިވާ މީހުންނާއި ރޭ ވާހަކަ ދައްކާ ހަދާފައެވެ. މިނިސްޓަރ ވިދާޅުވީ މިމެޗަށް ވިއްކަން ހަމަޖެހިފައިވަނީ 3،000 ޓިކެޓްކަމަށާއި، މީހަކަށް ގެނެވޭނީ ދެ ޓީކެޓް ކަމަށެވެ. އަދި ޓިކެޓް ގަންނަން ވަޑައިގަންނަވާ ފަރާތްތަކުން ލާރި މާރުކުރަން ނުޖެހޭނެ ގޮތަކަށް ވަޑައިގެންނެވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރާއްޖެ-އިންޑިއާ މެޗުގެ ޓިކެޓު ގަތުމަށް މިހާރު ކިޔު ހަދާފަ ތިބިފަރާތްތަކުގެ ޝަކުވާ އަޑުއަހާލެވުނު.
މިނިސްޓްރީ އަދި އެފްއޭއެމް ގުޅިގެން ލުއި ފަސޭހަކޮށް ޓިކެޓު ލިބޭނެގޮތަށް ދަނީ އިންތިޒާމް ކުރެވެމުން.– 3000 ޓިކެޓު
– މީހަކަށް 2 ޓިކެޓު
– މާރުުކުރަން ނުޖެހޭގޮތަށް ފައިސާ ގެންދެވުން pic.twitter.com/TZA7mdhuya— Ahmed Mahloof (@AhmedMahloof) October 11, 2021
ރާއްޖެ އާއި އިންޑިއާ މެޗުގެ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ މިއަދޔ ހެނދުނު 10:00 ޖަހާއިރުއެވެ. ސޯޝަލް ސެންޓަރު ސަރަހައްދުގައި ޖަހާފައިވާ ގޮނޑި ބަރީގައި ކިއު ހެދޭނީ 9:30 ގެ ފަހުންނެވެ.
ގަލޮޅު ދަނޑުގެ ހާތަލު އޮތް ގޮތުން މިވަގުތު ދަނޑަށް ވަދެވެނީ 5000 މީހުންނަށެވެ. މާދަމާރޭ އިންޑިޔާ އާއި ދިވެހިރާއްޖެ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވިއްކުމަށް ހަމަޖެހިފައިވަނީ 3000 ޓިކެޓެވެ. މިނިސްޓަރ މަހްލޫފު ވިދާޅުވީ ކުރިން ޓިކެޓު ގަތުމަށް ސަޕޯޓަރުން ކިއުގައި ގިނައިރުތަކެއް ހޭދަކުރަންޖެހުނު ނަމަވެސް، ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ޓިކެޓު ވިއްކުމުގެ އިންތިޒާމްތަކަށް ގެނައި ބަދަލާއެކު، ޓިކެޓު ކިއުގައި ސަޕޯޓަރުން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވާނެ ކަމަށެވެ.