ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

Author
ހުސެއިން
07 އޮކްޓޯބަރ 2021 11:12
0

ބުރާސްފަތި ހެދުނުގެ ވަގުތެއްގައި ޕާކިސްތާންގެ ބަލޮޗިސްތާން ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. އަދި މި ބިންހެލުމުގައި މިހާތަނަށް 20 މިހަކު މަރުވެފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވެގެން ދާނެކަމަށްވެސް ލޯކަލް މީޑިއާތަކުންދަނީ ރިޕޯޓު ކުރަމުންނެވެ.

ރޮއިޓާރސް ނިއުސް އޭޖެންސީން މައުލޫމާތު ދީފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަޑުން 5.9ގެ ބާރު މިނުގައެވެ. އަދި ބިންހެލުން އައިސްފައިވަނީ، ވަރަށް ތިލަކޮށް ކަމަށާއި، މިގޮތުން ބިންހެލުން އައިސްފައިވަނީ ބިމުގެ އަޑިން އެންމެ 9 ކިލޯމީޓަރުގައި ކަމަށްވެސް ޔޫއެސް ޖިޮއލޮޖިކަލް ސާވޭއިން މައުލޫމާތު ދީފައި ވެއެވެ.

ތިލަކޮށް އަންނަ ބިންހެލުން ތަކަކީ ގެއްލުން ބޮޑު ބިންހެލުން ތަކެކެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުން ލޯކަލް މީޑިއާތަކަށް މައުލުމާތު ދީފައިވާ ގޮތުގައި، ބިންހެލުމުގެ ސަބަބުން މިހާތަނަށް 150 މިހަކަށް އަނިޔާވެފައި ވާއިރު، އަނިޔާވި މީހުން އަދިވެސް ދަނީ ކައިރި ހޮސްޕިޓަލްތަކަށް ބަދަލު ކުރެވެމުންނެވެ. އަދި ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސްކަމަށްވެސް ވަނީ މައުލުމާތު ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.