ނާއިބް ރައީސް ފައިސަލް އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި

ނާއިބް ރައީސް ފައިސަލް އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2021 07:02
0

ނާއިބް ރައީސް ފައިސަލް ނަސީމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނާއިބް ރައީސް އާލާސްކަންފުޅާ އުޅުއްވާ ދެ ދުވަހެއް ވަރު ވަނީ ވެފައެވެ. އަދި ނާއިބް ރައީސް އެޑްމިޓްކޮށްފައިވަނީ ހުން މާބޮޑަށް ގަދަވުމުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ހާލުކޮޅު ދެރަވެ ނާއިބު ރައީސް ފައިސަލް ނަސީމް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށެވެ. މަބުރޫކް ވިދާޅުވި ގޮތުގައި ފައިސަލްގެ ހާލުކޮޅު "ސްޓޭބަލް" އެވެ.

މީގެ ކުރިންވެސް ނާއިބް ރައީސަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައެވެ. އެފަހަރުވެސް ހުން މާބޮޑަށް ގަދަވުމުން ފަރުވާ ދިނުމަށްފަހު ފަހުން ވަނީ ގެކޮޅަށް ބަދަލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.