ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ހަމަލާދިންކަމަށް ބުނެ ހައްޔަރުކުރި ދެ ޒުވާނުން ވަގުތުން ވަގުތަށް ދޫކޮށްލަންޖެހޭ ކަމުގައި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޖާބިރަށް ހަމަލާދީގެން މިިދިޔަ ބުދަ ދުވަހު އއ.މަތިވެރިން ހައްޔަރުކުރީ 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ ދެ މީހުންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޖަހާފައެވެ. މެމްބަރު ޒަރީރު ވިދާޅުވީ ޖާބިރަށް ދިން ހަމަލާއާ ގުޅިގެން މަތިވެރީގައި ވިޔަފާރި ކުރަމުންދާ ދެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެެ.
އޭނާ ވިދާޅުވީ މިއީ މަތިވެރީގައި ވިޔަފާރި ކުރާ ދެ ޒުވާނުންނަށްވާއިރު، އެދެޒުވާނުންނަށް އަނިޔާ ދިނުމަށް ހައްޔަރު ކޮށްފައިވާ ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިހާރުން މިހާރަށް އެދެމީހުން ދޫކޮށްލަންޖެހޭކަމަށް ޒަރީރު ވަނީ ވިދާޅުވެފައެވެ. ޒަރީރު ވިދާޅުވީ މަތިވެރީގެ އެންމެ ހިތްގައިމު ސަރަހައްދުން ޖާބިރަށް ގެސްޓު ހައުސްއެއް ދީފައި އޮންނައިރު އެތައް އަހަރެއްވި އިރުވެސް އެ ރަށަށް އެއްވެސް މަންފާއެއް ނުލިބޭ ކަމަށާއި އަދި ދެ ޒުވާނުން ހައްޔަރުކުރީ ރަށުގެ ރައްޔިތުންގެ ޝުއޫރުތައް ފާޅުކުރަމުން ދަނިކޮށް ކަމަށެވެ.
މަތިވެރީގެ އެންމެ ރީތި ސަރަހައްދުން ގެސްޓު ހައުސް ހިންގަން ޖާބިރުގެ ކުންފުންޏަށް ދީފައިވާއިރު، އެތަނުގެ ކުލި އެތައް ދުވަހަކު ނުދައްކައި، ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭއިރު މިކަން ކަމައިބެހޭ ފަރާތްތަކުން ނުބަލައި އޮތުމަކީ ކަންބޮޑުވުކަމެއްކަމަށެވެ. އޭނާ ވަނީ މިކަން ތަހުގީގްކޮށް މަތިވެރީ ރައްޔިތުންނަށް އިންސާފު ގާއިމްކޮށް ދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
މަތިވެރިން މައުލޫމާތު ދިން މީހަކު ބުނީ ޖާބިރު މަތިވެރިއަށް ދިއުމުން ނުރުހުން ފާޅު ކުރީ މަތިވެރީ ކައުންސިލަށް ދައްކަންޖެހޭ 4.7 މިލިޔަނެއްހާ ރުފިޔާ ކައުންސިލަށް ނުދައްކާ އޮތުމުންނާއި، ރައްޔިތުންނަށް ބިރު ދައްކައި އިންޒާރު ދެމުންދާތީ ކަމަށެވެ. އަދި އޭނާ ވަނީ ރަށަށް އެރުމަށްފަހުވެސް ވަރަށް ބޮޑަށް މަސްލަހަތު ގެއްލޭގޮތުން އެއްވި މީހުންނަށްވެސް އިންޒާރުދީ ހަދާފައިކަމަށެވެ.
ކޮމެންޓު ފޮނުވާ