ބޭރު ބަޔަކާއި ހަވާލުކޮށްގެން އޯޑިއޯތައް ތަހުލީލުކުރާނެކަމުގެ ޔަޤީންކަން ސީޕީ ދެއްވައިފި

ބޭރު ބަޔަކާއި ހަވާލުކޮށްގެން އޯޑިއޯތައް ތަހުލީލުކުރާނެކަމުގެ ޔަޤީންކަން ސީޕީ ދެއްވައިފި

Author
މުޙައްމަދު ޖިމީ
23 ސެޕްޓެމްބަރ 2021 06:43
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯ ތަހްލީލު ކުރުމަށް ބޭރުގެ ތަހްލީލީ އިދާރާއަކާ ހަވާލުކޮށްދެއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފުލުހުންގެ ކިބައިން އެދިއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިހާއި ފުލުހުންގެ އިސްވެރިންނާއި އިސްކަންދަރު ކޮށީގައި މިއަދު ބަދަލުކުރުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކޯލިޝަން ހިންގެވުމަށް ހަވާލުވެހުންނެވި ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ، އޯޑިއޯތައް އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ތަހުލީލު ކުރާ ވާހަކަ ފުލުހުން މީގެކުރިން ހާމަކުރުމާ ގުޅިގެން އިދިކޮޅުން ކަންބޮޑޮވުން ފާޅުކޮށްފައިވާކަމަށެވެ.

އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ހިންގާ ތަހުގީގް ކުރިއަށް އޮތް ފަސްވަރަކަށް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ސީޕީ ހަމީދު ވިދާޅުވިކަމަށާއި، ނަމަވެސް އިދިކޮޅުގެ ކަންބޮޑުވުމާއި ގުޅިގެން ބޭރުގެ ބަޔަކާއި ހަވާލުކޮށްގެން ތަހުލީލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ސީޕީ ދެއްވިކަމަށް އަދުރޭ ވިދާޅުވިއެވެ.

ޢާންމުވެފައިވާ އޯޑިއޯގައި ރަހުމަތްތެރިޔަކާއިއެކު ގާޒީ ހުސެއިން ފާއިޒް ދެއްކެވި ވާހަކަފުޅު ޤާޟީ ވަނީ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާ އަށް ބިރުދެއްކުމުންކަމަށެވެ. ބިރު ދެއްކުމުން އޮތީ ދެގޮތެއް ކަމަށާއި އެއްގޮތަކީ ބިރާއި ދެކޮޅު ހެދުންކަމަށާއި އަނެއް ގޮތަކީ ބިރާއި އެއްކޮޅަށް ހުކުމް ކުރުން ކަމަށް ހުސެއިން ފާއިޒް ވިދާޅުވެފައިވެއެވެ.

ކުރިމަތިވި ހާލަތުގައި ޔާމީންގެ މަސްލަހަތު ހިމާޔަތް ކުރެވޭނީ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ކޮށްގެން ކަމަށް ހުސެއިން ފާއިޒް ވިދާޅުވިއެވެ. އެއީ ހުކުމް ނުކޮށްފިނަމަ ޔާމީނަށް އެއަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށްވެސް ހުސެއިން ފާއިޒް ވިދާޅުވެފައިވެއެވެ.

މިފަދައިން ފާއިޒް ވިދާޅުވެފައިވާއިރު، ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމްކުރަން ތަޢާވަލުކޮށްފައިވަނިކޮށް އެމައްސަލަ ފުރަތަމަ ބެއްލެވި އެކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ސަސްޕެންޑްކުރުމަށްފަހު ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެބެންޗްގައި ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.