ކޮލިފައިންގައި އިންގްލެންޑް މޮޅުވަމުން އައި ސިލްސިލާ ނިމުމަކަށް

ކޮލިފައިންގައި އިންގްލެންޑް މޮޅުވަމުން އައި ސިލްސިލާ ނިމުމަކަށް

Author
ޔޫސުފް
09 ސެޕްޓެމްބަރ 2021 10:52
0

ވަރލްޑް ކަޕްގެ ޔޫރަޕުގެ ކޮލިފިކޭޝަންގައި އިންގްލެންޑް މޮޅުވަމުން އައި ސިލްސިލާ ޕޮލެންޑުން ނިމުމަކަށް ގެނެސްފިއެވެ.

ޕޮލެންޑްގެ ކޮސޯވޯގައި ރޭ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ކޮލިފައިންގައި އިންގްލެންޑުން ދަމަހައްޓަމުން އައި ސައްތައިން ސައްތަ ރިކޯޑަށް ވަނީ ނިންމުން އައިސްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެއް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭގޮތް ވަނީ ނުވެފައެވެ. މި މެޗުގައި އިންގްލޭންޑުން ލީޑު ނެގީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ.

ކޭންގެ ލަނޑުން އިންގްލެންޑް މޮޅުވާން ދަނިކޮށް މެޗުގެ ޕޮލެންޑުން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު ޕޮލެންޑަށް ކާމިޔާބުކޮށްދިނީ، މި ލަނޑު ޕޮލެންޑަށް ކާމިޔާބުކޮށްދިނީ، ޑެމިއަން ޒިމަންސްކީއެވެ.

މި ނަތީޖާއާއެކުވެސް ކޮލިފައިންގެ ގްރޫޕް އައިގެ އެއްވަނައިގައި އިންގްލެންޑް އޮތީ ކުޅުނު ހަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އަލްބޭނިއާ އޮތީ ކުޅުނު ހަ މެޗު 12 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ޕޮލޭންޑް އޮތީ 11 ޕޮއިންޓާއެކުއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.